Wednesday, 9 September 2026
Ads by

މޭޔަރު އާޒިމަށް ދިން ހަމަލާއަށް 24 ގަޑިއިރު: މާލެ ސިޓީ ކައުންސިލުންވެސް ކުށްވެރި ނުކުރޭ !

މޭޔަރު އާޒިމަށް ދިން ހަމަލާއަށް 24 ގަޑިއިރު: މާލެ ސިޓީ ކައުންސިލުންވެސް ކުށްވެރި ނުކުރޭ !

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް އަމާޒުކޮށް ދިން ހަމަލާއަށް 24 ގަޑިއިރު ވެގެން ދިޔައިރުވެސް، އެކަން މާލެ ސިޓީ ކައުންސިލުން ކުށްވެރިކޮށްފައި ނުވާތީއާއި ފުލުހަށް ހުށަހަޅާފައި ނުވާތީ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ad Image
Ads by

މި ހާދިސާ ހިނގުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ ސިޔާސީ ގިނަ ޕާޓީތަކަކުން ވެސް މި ހަމަލާ ކުށްވެރިކޮށްފައިވެއެވެ. ނަމަވެސް، ހާދިސާ ހިނގިތާ ގިނަ ވަގުތުތަކެއް ވެގެންދިޔައިރުވެސް، އާޒިމް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ފަރާތުން ނުވަތަ މާލެ ސިޓީ ކައުންސިލުން ވެސް މި މައްސަލަ ރަސްމީކޮށް ފުލުހަށް ހުށަހަޅާފައި ނުވާކަން ސަރުކާރުން ފާހަގަކުރެއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާދިޔައިރުވެސް އެއްވެސް ރަސްމީ ފަރާތަކުން ފުލުހުންނަށް މައުލޫމާތު ހިއްސާކޮށްފައި ނުވާތީ ހިތާމަކުރައްވާ ކަމަށެވެ. މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ މަސްއޫލިއްޔަތު އޮތް ފުލުހުންގެ މުއައްސަސާއަށް މިފަދަ ކަންކަން ރިޕޯޓުނުކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މުންދު އިތުރަށް ވިދާޅުވި ގޮތުގައި، މީސް މީޑިއާގައި ދައުރުވި ވީޑިއޯ ފުލުހުންނަށް ފެނުނު ހިސާބުން، ފުލުހުންގެ އަމިއްލަ އިސްނެގުމުގެ މަތިން މިހާރު ވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

މީގެ އިތުރުން، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ސެކިއުރިޓީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، މާލެ ސިޓީގެ މޭޔަރަކީ އެދިވަޑައިގެންފިނަމަ ސެކިއުރިޓީ ލިބޭނެ ފަރާތެއް ކަމަށެވެ. އަދި ފުލުހުން އަބަދުވެސް ”ތްރެޓް އެސެސްމަންޓް“ ހަދަމުންދާ ކަމަށާއި، އެއްވެސް ބޭފުޅަކަށް ނުރައްކަލެއް އޮތްކަން ފާހަގަކުރެވިއްޖެނަމަ ފުލުހުން އިސްވެ ސެކިއުރިޓީ ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މި ހާދިސާއާ ގުޅިގެން އާންމުންގެ ފާޑުކިޔުން އެމްޑީޕީއަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނަމުންދަނީ، މިއީ ސިޔާސީ މަންފާއެއް ހޯދުމަށް އެ ޕާޓީން ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. މާޒީގައިވެސް މިފަދަ ހަމަލާތަކަކީ އެމްޑީޕީގެ އެކްޓިވިސްޓުން ލައްވައި ކުރުވާ ކަންކަން ކަމަށް ތުހުމަތުކުރާ ފަރާތްތަކުން ބުނަމުންދަނީ، މި މައްސަލަ ފުލުހަށް ހުށަނޭޅުމަކީ އެ ޕާޓީގެ އިޚްލާޞްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު