Sunday, 26 July 2026
Ads by

މޭޔަރު އާޒިމަށް ދިން ހަމަލާ: އެމްޑީޕީން ފުލުހަށް ރިޕޯޓެއް ނުކުރޭ؛ ސަރުކާރުގެ ކަންބޮޑުވުން !

މޭޔަރު އާޒިމަށް ދިން ހަމަލާ: އެމްޑީޕީން ފުލުހަށް ރިޕޯޓެއް ނުކުރޭ؛ ސަރުކާރުގެ ކަންބޮޑުވުން !

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް އަމާޒުކޮށް ދިން ހަމަލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. މީގެ އިތުރުން ސިޔާސީ ހުރިހާ ޕާޓީއަކުންހެން މިކަން ކުށްވެެރިކޮށްފިއެވެ. އެހެންނަމަވެސް، މި ހާދިސާ ހިނގިތާ ގިނަ ވަގުތުތަކެއް ވެގެންދިޔައިރުވެސް، އާޒިމް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ފަރާތުން ނުވަތަ މާލެ ސިޓީ ކައުންސިލުން ވެސް މި މައްސަލަ ރަސްމީކޮށް ފުލުހަށް ހުށަހަޅާފައި ނުވާތީ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Ad Image
Ads by

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާދިޔައިރުވެސް އެއްވެސް ރަސްމީ ފަރާތަކުން ފުލުހުންނަށް މައުލޫމާތު ހިއްސާކޮށްފައި ނުވާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ. މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައިވާ މުއައްސަސާއަކީ ފުލުހުން ކަމަށްވާއިރު، މިފަދަ ހާދިސާތައް ރިޕޯޓުނުކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މުންދު އިތުރަށް ވިދާޅުވީ، މީސް މީޑިއާގައި ދައުރުވި ވީޑިއޯ ފުލުހުންނަށް ފެނުނު ހިސާބުން، ފުލުހުންގެ އަމިއްލަ އިސްނެގުމުގެ މަތިން މިހާރު މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ސެކިއުރިޓީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ، މާލެ ސިޓީގެ މޭޔަރަކީ އެދިވަޑައިގެންފިނަމަ ސެކިއުރިޓީ ލިބޭނެ ފަރާތެއް ކަމަށެވެ. އަދި ދައުލަތުގެ އިސް ބޭފުޅުންނަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުން އަބަދުވެސް ”ތްރެޓް އެސެސްމަންޓް“ ހަދަމުންދާ ކަމަށާއި، އެފަދަ އެސެސްމަންޓަކުން އެއްވެސް ބޭފުޅަކަށް ނުރައްކަލެއް އޮތްކަން ފާހަގަކުރެވިއްޖެނަމަ ފުލުހުން އިސްވެ ސެކިއުރިޓީ ހަމަޖައްސައިދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އެމްޑީޕީއަށް ވަނީ އަމާޒުވެފައެވެ. މާޒީގައި މިފަދަ ހަމަލާތަކަކީ އެމްޑީޕީގެ އެކްޓިވިސްޓުން ލައްވައި އެ ޕާޓީން ރާވައިގެން ކުރުވާ ކަންކަން ކަމަށް ތުހުމަތުކޮށް، މިއީ ވެސް ސިޔާސީ މަންފާއެއް ހޯދުމަށް ހިންގާފައިވާ ރޭވުމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ. އެހެންކަމުން، މި މައްސަލަ ފުލުހަށް ހުށަނޭޅުމަކީ އެ ޕާޓީގެ އިޚްލާޞްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި އާންމުން ދަނީ ސިފަކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި