Wednesday, 17 June 2026
Ads by

އަލްހާންގެ ޕޮންޒީ ސްކީމުން ގެއްލުންވި 2 މީހަކަށް ފައިސާ ދޭން ހުކުމްކޮށްފި

އަލްހާންގެ ޕޮންޒީ ސްކީމުން ގެއްލުންވި 2 މީހަކަށް ފައިސާ ދޭން ހުކުމްކޮށްފި

ފޮޓޯ: މީސް މީޑިޔާ

”އޮންލައިން ޓްރޭޑިން“ގެ ނަމުގައި އަލްހާން ފަހުމީ ހިންގި ޕޮންޒީ ސްކީމުން ގެއްލުންވި އިތުރު 2 މީހަކަށް ފައިސާ ދޭން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

Ad Image
Ads by

ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، އަލްހާންގެ ޕޮންޒީ ސްކީމުން ގެއްލުން ލިބުނު އެކަކަށް 800,000 ލައްކައެއްހާ ރުފިހާ އަދި އަނެއް ފަރާތަށް 250،000 ރުފިޔާ ދިނުމަށެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމް ޕޮންޒީ ސްކީމުން ލަނޑު ލިލުބު 2 މީހަކަށް މިލިއަނެއްހާ ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފައިވާއިރު ފާއިތުވި އަހަރުގެ މޭ މަހުވެސް އަލްހާންގެ ކުންފުންޏަށްވަނީ ޕޮންޒީ ސްކީމުން ގެއްލުންވި ފަރާތަކަށް 90،000 ރުފިޔާ ދެެއްކުމަށް ހުކުމް ކޮށްފައެވެ.

ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އަލްހާންގެ ޕޮންޒީ ސްކީމުންވަނީ 1684 މީހެއް އަތުން. 98 މިލިއަނެއްހާ ރުފިޔާ އިންވެސްޓު ކުރުމުގެ ނަމުގައި، އަނބުރާ ދައްކާގޮތަށް ނަގާފައި ކަމުގައެވެ.

ރާއްޖޭގައި ބޮޑު ފްރޯޑެއް ހިންގާކަމުގެ ތުހުމަތުގައި އަލްހާން ފަހުމީގެ މައްސަލަ ތަހުގީގުކޮށް އަދި ކުންފުނީގެ އެކައުންޓް ފްރީޒްކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގައެވެ. އޭރު ފްރީޒްކޮށްފައިވަނީ އަލްހާން ފަހުމީގެ ”ކިންގްސް ފޮރެކްސް ޓްރޭޑިން“ގެ އެކައުންޓެވެ. ރާއްޖޭގައި ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނެ އެމްއެމްއޭއިން ވަނީ އާންމުގެ ސަމާލުކަމަށްވެސް އޭރު އެ މައްސަލަ ގެނެސްފައެވެ. މިއީ ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި، އިން އިންވެސްޓުކޮށް، ވަކި މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދޭނެ ކަމަށް ބުނެ ހިންގި ސްކީމެކެވެ.

މި މައްސަލާގައި އަލްހާންގެ އިތުރުން ގިނަ ދައުވާތަކެއް ކޮށް ކޯޓަށް މައްސަލަ ފޮނުވާފައިވަނީ އަލްހާންގެ ދެ ކޮއްކޮއިން ކަމަށްވާ ޝަހުބާން ފަހުމީ އާއި ޝަޒުބާން ފަހުމީގެ މައްޗަށެވެ.ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ އެއިން ކޮންމެ މީހެއްގެ މައްޗަށްވެސް ޓެކުމުގެ 13 ދައުވާއެއްކޮށް މައްސަލަ ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
muhtho
މޭޔަރު އާޒިމާއެކު ދެން މުއާމަލާތް ކުރާނީ ހަމައެކަނި ލިޔުމުން: މުއްތަލިބު
Customs building 2
ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ފޮށިތަކުގައި ފޮރުވައިގެން އެތެރެކުރި 1،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި
masdhalhu mifco
މޭ މަހު ރާއްޖެއިން އެކްސްޕޯޓްކުރި ދަޅުމަހުގެ އަގު 38 މިލިއަން ރުފިޔާއަށް އަރައިފި
BML FVM
ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި ބީއެމްއެލްގެ އައު އޭޓީއެމް ސެންޓަރެއް ހުޅުވައިފި
Ads by
މަގުބޫލު
IRan coach
މިއީ ވޯލްޑް ކަޕް ތާރީޚުގައިވެސް ޓީމަކަށް އެންމެ އިހާނެތިކޮށް ކަންތައް ކުރާ ފަހަރު: އިރާންގެ ކޯޗު
20260613_230023
ނުނިވޭނެ ނޫރު: މުޙައްމަދު ޢަލީގެ ވަރުގަދަ އިމްތިޙާނުން ހަނދުމަކޮށްދިން ޞަޙާބީންގެ މަތިވެރި ނަމޫނާ
zaya
އަހަރެން މިހުރީ ސިންގަލް ކޮށް، ބޭނުމީ "ކަޅު ދިގު" ފިރިހެނެއް: ޒާޔާ
20260614_010354
އިންޑިއާ ފަޅުވެރީން މަރާލި މައްސަލާގައި ޝަކުވާކުރުމުން އެމެރިކާއިން އިންޑިއާ ފުކަކަށް ހަދާލައިފި
IRan coach
މިއީ ވޯލްޑް ކަޕް ތާރީޚުގައިވެސް ޓީމަކަށް އެންމެ އިހާނެތިކޮށް ކަންތައް ކުރާ ފަހަރު: އިރާންގެ ކޯޗު
20260613_230023
ނުނިވޭނެ ނޫރު: މުޙައްމަދު ޢަލީގެ ވަރުގަދަ އިމްތިޙާނުން ހަނދުމަކޮށްދިން ޞަޙާބީންގެ މަތިވެރި ނަމޫނާ
zaya
އަހަރެން މިހުރީ ސިންގަލް ކޮށް، ބޭނުމީ "ކަޅު ދިގު" ފިރިހެނެއް: ޒާޔާ
20260614_010354
އިންޑިއާ ފަޅުވެރީން މަރާލި މައްސަލާގައި ޝަކުވާކުރުމުން އެމެރިކާއިން އިންޑިއާ ފުކަކަށް ހަދާލައިފި