Sunday, 26 July 2026
Ads by

މާލޭގައި 500 ހައުސިންގ ޔުނިޓް ތަރައްގީކުރަން ޗައިނާއަށް

މާލޭގައި 500 ހައުސިންގ ޔުނިޓް ތަރައްގީކުރަން ޗައިނާއަށް

500 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ހައުސިންގ މިނިސްޓްރީ

މާލެ ސިޓީގައި 500 ސޯޝަލް ހައުސިންގ ޔުނިޓު ތަރައްގީކުރުމަށް ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ad Image
Ads by

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ބެއިޖިންގައި ކުރިއަށްގެންދިޔަ ”ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް“ގެ ހަވާސާގައި ކުރިއަށްދިޔަ މަޝްވަރާތަކުގެ ”މިނިޓްސް އޮފް ދަ މީޓިންގ“ ގައެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގގައި މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ”ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް“ގެ ހަވާސާގެ ތެރެއިން ވަނީ މާލެ ސިޓީގައި ޗައިނާގެ އެހީތެރިކަމާއެކު 500 ސޯޝަލް ހައުސިންގ ޔުނިޓު ތަރައްގީކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

އެގޮތުން މި މަޝްވަރާތަކުގެ އަލީގައި މި މަޝްރޫއު ކުރިއަށްގެންދިޔުމުގައި ދެ ގައުމަށް އެއްބަސްވެވުނު ކަންތައްތަކުގެ ”މިނިޓްސް އޮފް ދަ މީޓިންގ“ގައި ވަނީ ސޮއިކޮށްފައެވެ. މިކަމާ ގުޅިގެން ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ، މާލެ ސިޓީގައި ސޯޝަލް ހައުސިންގ ޔުނިޓުތައް ތަރައްގީކުރުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ފައިނޭންސް ހަމަޖެއްސުމަށް ޗައިނާއިން އެއްބަސްވެފައިވަނީ އިންޓްރެސްޓަކާއި ނުލައި ދޭ އެހީގެ ގޮތުގައި ކަމަށެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ޠޮއާމް މުޙައްމަދުއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ލިޔު ޖުންފެންގއެވެ.

ހައުސިންގ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާއި ގުޅިގެން އިތުރު ބައްދަލުވުމެއް ވެސް ބާއްވާފައިވާ ކަމަށެވެ. ހައުސިންގ މިނިސްޓްރީން ވަނީ މަޝްރޫއުތައް ނުހުއްޓި ކުރިއަށްގެންދިޔުމާއި ގުޅޭގޮތުން ދެ ފަރާތުން ވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި