Wednesday, 9 September 2026
Ads by

ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިއަން ޑޮލަރު ފޮނުވާފައިވޭ: ބީއެމްއެލް

ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިއަން ޑޮލަރު ފޮނުވާފައިވޭ: ބީއެމްއެލް

ބީއެމްއެލްގެ މައި އިދާރާ---

މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިއަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ. އެ ބޭންކުން ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީއަށް ދޫކޮށްފައިވާ ޑޮލަރުގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށެވެ.

Ad Image
Ads by

ހުސްވި 2025 ވަނަ އަހަރު ބީއެމްއެލްއިން ކޮށްފައިވާ ކްރޮސްބޯޑަރ ޓްރާންސެކްޝަނަށް ބަލައިލާއިރު ރާއްޖެއިން ބޭރުން އެތެރެވި ފައިސާގެ އަދަދަކީ 3.69 ބިލިއަން ޑޮލަރެވެ. އަދި ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އަދަދަކީ 3.28 ބިލިއަން ޑޮލަރު ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު، ރާއްޖެއިން ބޭރުން އެތެރެވި ފައިސާގެ އަދަދު 1.27 ބިލިއަން ޑޮލަރުގައި ހުރި އިރު، ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ފައިސާގެ އަދަދު ހުރީ 1.04 ބިލިއަން ޑޮލަރުގައެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީއަށް 106.2 މިލިޔަން ޑޮލަރު ވަނީ ވިއްކައިފައެވެ. ނަމަވެސް މިދިޔަ އަހަރު މަހެއްގެ މައްޗަށް އެ ބޭންކުން ވިއްކާފައިވަނީ، 14.6 މިލިއަން ޑޮލަރެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރއަށް ބަލާލާއިރު، އެ ބޭންކުން ވަނީ މަހެއްގެ މައްވަށް 35.4 މިލިއަން ޑޮލަރުގެ ޓީޓީ ވިއްކައިފައެވެ.

މީގެ އިތުރުން މިދިޔަ 2025 ވަނަ އަހަރު ބީއެމްއެލްއިން ވަނީ ކާޑުތަކަށް މަހެއްގެ މައްޗަށް 32.5 މިލިއަން ޑޮލަރު ދޫކޮށްފައެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރގައި މަހެއްގެ މައްޗަށް ކާޑުތަކަށް ދޫކޮށްފައިވަނީ 40 މިލިއަން ޑޮލަރު ކަމަށް އެ ބޭންކުން ވަނީ އިތުރަށް މައުލޫމާތު ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު