Wednesday, 9 September 2026
Ads by

ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު

ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު)

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެއީ ވަރަށް ދަށުދަރަޖައިގެ ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މި ހާދިސާ ހިނގާފައިވަނީ ރޭ މާލޭގައި އިދިކޮޅު އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ. މުޒާހަރާގެ ބައިވެރިންނާއެކު އާޒިމް ހުންނަވަނިކޮށް، މީހަކު އައިސް އޭނާގެ މޭމަތީގައި އަތްއަޅައި ކޮށްޕާލި މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ. އެ ވަގުތު އާޒިމްގެ ކައިރީގައި ތިބި މީހުން ވަނީ އޭނާގެ ހިމާޔަތުގައި އެ މީހާއަށް ބަދަލުގައި ހަމަލާދީ މާރާމާރީ ހިންގާފައެވެ.

މުޒާހަރާ ނިންމާލުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަރވިއުއެއްގައި މޭޔަރު އާޒިމް ވިދާޅުވީ، މާލޭ ސިޓީގައި ކޮންމެ ރެއަކު މުޒާހަރާ ކުރަނީ ސަރުކާރުން ކުރާ ކަންކަން ގޯސްވީމާ އެ ކަންކަން އިސްލާހުކުރުމަށް ކަމަށެވެ. އަދި އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް ތުހުމަތު ކުރެއްވިއެވެ.

”މުޒާހަރާގެ ތެރެއިން ގުރޫޕަކުން އައިސް އަޅުގަނޑު މޭމަތީގަ ޖެހީ. ދެން އެވަގުތު ކައިރީގަ ތިބިމީހުން އަޅުގަނޑަށް ހިމާޔަތްދިން. އަޅުގަނޑު ޤަބޫލުކުރަނީ މިއީ ސަރުކާރުން ރާވައިގެން ކުރިކަމެކޭ،“ އާޒިމް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ”އެކި އެމްވީ“ އިން ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާނު މުންދު ވިދާޅުވީ، މޭޔަރު އާޒިމް އެ ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ. ސިޔާސީ ހަރަކާތެއްގެ ތެރެއިން އެއްވެސް ފަރާތަކަށް، ވަކިން ހާއްސަކޮށް މޭޔަރު އާޒިމް ފަދަ ރައްޔިތުން ހޮވާފައި ހުންނެވި ބޭފުޅަކަށް އެފަދަ ހަމަލާއެއް ދިނުން ކުށްވެރިކުރައްވާ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު އެ ވިދާޅުވި ވާހަކަ އެއީ ވަރަށް ދަށުދަރަޖައިގެ ވާހަކައެއް، ކަނޑައެޅިގެން އެއީ އިތުރުފުޅެއް،“ މުންދު ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ”އެކި އެމްވީ“ ގެ ފަރާތުން މޭޔަރު އާޒިމާއި އެމްޑީޕީގެ އިސް ފަރާތްތަކަށް އިތުރަށް ގުޅާލުމުން އެ ފަރާތްތަކުން ފޯނަށް ޖަވާބު ނުދެއްވާތީ، އެ ބޭފުޅުންގެ އިތުރު ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. އަދި މި މައްސަލައިގައި ފުލުހުންގެ ރަސްމީ ކޮމެންޓެއްވެސް އަދި ލިބިފައެއް ނުވެއެވެ.

ސަރުކާރަށް މިފަދަ ބޮޑު ތުހުމަތެއް ކުރުމުގެ ސަބަބުން މޭޔަރު އާޒިމަށް އާންމުންގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ ފުލުހުންގެ ތަހުގީގަކާ ނުލައި، ރައްޔިތުން އިންތިހާބުކޮށްފައިވާ މަގާމެއްގައި ހުރެ މިފަދަ ވާހަކަތައް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިކަމަށްޓަކައި އާޒިމް މައާފަށް އެދެންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، މިއީ އާޒިމް ދުރާލާ ރާވައިގެން ”ސިމްޕަތީ ހޯދަން ކުޅެފައިވާ ޑްރާމާ“ އެއް ކަމަށް ބުނެ މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
2 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
އަލިފު ލަލިލާ
އަލިފު ލަލިލާ
4 މަސް ކުރިން

ތިމޭޔަރު ތީ ހަމައިގަ ހުންނަބޭފުޅެނޫނޭ. ތީވެސް ކުޅުނު ފިލުމެއް. އަންނި. އަޑީގައޮވެގެން. ސަރުކާރުގެ ބޮލައް ތިޖެހީ. އެމީހަކު އައިސް އާޒިމުގެ މޭމަތީގަ އަތްއަޅާ މަޑުން ކޮއްޕާލީ. މީހަކު މިޒަމާނުގަ ހަމަލާއެއް ދޭން ބޭނުންނަމަ. އެހެން އައިސް މޭމަތީގަ ފިރުމައެމް ނުލާނެ. ކަލޭމެން އެމްޑީޕީއަކީ. ދޮގު ވާހަކަ ފެތުރުމުގަ ޔަހޫދީން ނައްވުރެން ކުރީގަ ތިބި ބައެއް. އެމީހުން ކައިރިން ދަރިވަރުވީ. މިހާރު އެމީހުނައް ވުރެން މޮޅު.

ހަސަންބެ
ހަސަންބެ
4 މަސް ކުރިން

އިތުރުފުޅެއް ހެއްދެވުން އުނދަގޫކަމެއް ނޫން. ސަރުކާރުން އާޒިމަށް ހަމަލާއެއް ނުދޭނެ! އަދިއެހެން ދިވެހި ރައްޔިތަކަށްވެސް ހަމަލާއެއް ނުދޭނެ! ތިޔަ މޭޔަރު ކަމުގެ ގޮނޑި ބްރައިބްކޮށްގެން ނެގިޔަސް ކާމިޔާބުވީ ކަމަށް އިޢުލާން ކުރުމުން އައްޗިކޮށް ނޫޅުއްވާ ތިމާއަމިއްލަފުޅަށް ޕޮޕިއުލަރވާން ސަރުކާރުބޮލުގައި އެޅުވި ބަދުނާމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް. މައެއްދުވަހު ސަރުކާރު މައެއްދުވަހު އެމްޑީޕީ ބުންޏަސް ރައްޔިތުބް ބަލައިނުގަންނާނެ!

Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު