Saturday, 24 October 2026
Ads by

މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!

މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!

މޭޔަރު އާދަމް އާޒިމް---

އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް މާލޭ ސިޓީގައި ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި، މީހަކު އައިސް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ މޭގައި އަތްލާ ކޮށްޕާލުމާ ގުޅިގެން އެއީ ސަރުކާރުން ދުރާލާ ރާވައިގެން ދިން ވަރުގަދަ ހަމަލާއެއްގެ ގޮތުގައި މޭޔަރު އާޒިމް އެކަން ސިފަކުރައްވައިފިއެވެ.

Ad Image
Ads by

އެމްޑިޕީން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި ބައިވެރިވަމުން ދަނިކޮށް، މީހަކު އައިސް މޭޔަރު އާޒިމްގެ މޭމަތީގައި އަތްއަޅައި ކޮށްޕާލިއެވެ. އެ ވަގުތު އާޒިމް ކައިރީގައި ތިބި މީހުން ވަނީ އޭނާގެ ހިމާޔަތުގައި އެ މީހާއަށް ބަދަލުގައި ހަމަލާދީ މާރާމާރީ ހިންގާފައެވެ. މުޒާހަރާ ނިންމާލުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަރވިއުއެއްގައި އާޒިމް ވިދާޅުވީ، މާލޭ ސިޓީގައި ކޮންމެ ރެއަކު މުޒާހަރާ ކުރަނީ ސަރުކާރުން ކުރާ ކަންކަން ގޯސްވީމާ އެ ކަންކަން އިސްލާހުކުރުމަށް ކަމަށެވެ.

”މުޒާހަރާގެ ތެރެއިން ގުރޫޕަކުން އައިސް އަޅުގަނޑު މޭމަތީގަ ޖެހީ. ދެން އެވަގުތު ކައިރީގަ ތިބިމީހުން އަޅުގަނޑަށް ހިމާޔަތްދިން. އަޅުގަނޑު ޤަބޫލުކުރަނީ މިއީ ސަރުކާރުން ރާވައިގެން ކުރިކަމެކޭ“ – އާޒިމް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ”އެކި އެމްވީ“ ގެ ފަރާތުން މޭޔަރު އާޒިމާއި އެމްޑީޕީގެ އިސް ފަރާތްތަކަށް ގުޅާލުމުން އެ ފަރާތްތަކުން ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގައި އެ ފަރާތްތަކުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

މޭޔަރު އާޒިމަށް ހަމަލާދިން މައްސަލައާ ގުޅިގެން އާޒިމްގެ އިތުރުން އެމްޑީޕީގެ އިސް ފަރާތްތަކުން އެކަމަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއްގެ ގޮތުގައި ދޭހަވާ ގޮތަށް ވާހަކަދައްކަވަމުން އަންނާތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، މޭޔަރު އާޒިމް އެ ހައްދަވަނީ އިތުރުފުޅެއް ކަމަށާއި، ސިޔާސީ ހަރަކާތެއްގެ ތެރެއިން އެއްވެސް ފަރާތަކަށް ވަކިން ހާއްސަކޮށް މޭޔަރު އާޒިމް ފަދަ ރައްޔިތުން ހޮވާފައި ހުންނެވި ބޭފުޅަކަށް އެފަދަ ހަމަލާއެއް ދިނުން ކުށްވެރިކުރައްވާ ކަމަށެވެ.

”ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު އެ ވިދާޅުވި ވާހަކަ އެއީ ވަރަށް ދަށުދަރަޖައިގެ ވާހަކައެއް، ކަނޑައެޅިގެން އެއީ އިތުރުފުޅެއް،“ – މުންދު ވިދާޅުވިއެވެ.

ސަރުކާރުގެ ބޮލުގައި މިފަދަ ބޮޑު ބަދުނާމެއް އެޅުވުމުގެ ސަބަބުން މޭޔަރު އާޒިމަށް ވަނީ ގިނަ ބައެއްގެ ފާޑުކިއުންތައް ވެސް އަމާޒުވެފައެވެ. ވަކިން ހާއްސަކޮށް ފުލުހުންގެ ތަހުގީގަކާ ނުލައި، ރައްޔިތުން އިންތިހާބުކޮށްފައިވާ މަގާމެއްގައި ހުރެމެ މޭޔަރު އާޒިމް މިފަދަ ވާހަކަތައް ދެއްކުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިކަމުގައި މޭޔަރު އާޒިމް މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމުގައި ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މީގެ އިތުރުން މިކަމަކީ މޭޔަރު އާދަމް އާޒިމް ދުރާލާ ކުރިން ރާވައިގެން ”ސިމްޕަތީ ހޯދަން ކުޅެފައިވާ ޑްރާމާ“ އެއް ކަމަށް ބުނެ މީސް މީޑިއާގެ އެކި މަންސަތަކުގައި ވެސް ވަރަށް ގިނަ ފަރާތްތަކުން ވަނީ މޭޔަރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި