Wednesday, 9 September 2026
Ads by

ކެބިނެޓަށް އައި ބަދަލާއެކު ސަރުކާރު ވާނީ ވަރުގަދަ: މުންދު

ކެބިނެޓަށް އައި ބަދަލާއެކު ސަރުކާރު ވާނީ ވަރުގަދަ: މުންދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް މި ފަހުން ގެންނެވި ބޮޑެތި ބަދަލުތަކާއެކު ސަރުކާރު ވާނީ ވަރުގަދަ ކަމަށް ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

ކައުންސިލް އިންތިހާބާއި ރެފެރެންޑަމްގެ ވޯޓަށް ފަހު، ސަރުކާރުގެ ބައެއް ވަޒީރުން އިސްތިއުފާ ދެއްވަން ރައީސް އެންގެވުމުން އެ ވަޒީރުން އިސްތިއުފާ ދެއްވުމުން އާ ކެބިނެޓް އެކުލަވާލައި 15 އަށް އަދަދު ވަނީ މަދުކޮށްފައެވެ. ބައެއް ވަޒީރުން އަލަށް އައްޔަނުކުރެއްވިއިރު، ކުރިންވެސް ތިއްވެބި ބައެއް ވަޒީރުން މެންޑޭޓް އިތުރުކުރައްވައި އަލުން އައްޔަނު ކުރެއްވިއެވެ.

ދައުރު ނޫހުން ގެނެސްދިން ”އެއްބަސްވެ ދެ ބަސްވަމާ“ ޕްރޮގްރާމްގައި މުންދު ވިދާޅުވީ، ކެބިނެޓަށް ބަދަލުތަކެއް ގެންނެވީ ސަރުކާރުގެ ރީފޯމް އެޖެންޑާގެ ތެރެއިން ކަމަށެވެ.

ކެބިނެޓަށް އައި ބަދަލާއެކު، ސަރުކާރު ފެންނާނީ ކޮންގޮތަކަށްތޯ ސުވާލުކުރުމުން މުންދު ވަރަށް ކުރުކޮށް ވިދާޅުވީ“ ސްޓްރޯންގް ވާނީ“ ކަމަށެވެ.

އެކަމުގެ ތަފްސީލު ދެއްވަމުން މުންދު ވިދާޅުވީ، ކެބިނެޓް ކުޑަކޮށް ބައެއް މިނިސްޓްރީތަކުގެ މެންޑޭޓަށް ގުޅުންހުރި ބަދަލުތަކެއް ގެނައުމުން ކުރިން އުނދަގުލުންވާ ކަންކަން ފަސޭހައިންވާނެކަން ރައްޔިތުން ގަބޫލުކުރާނެ ކަމަށެވެ.

މުންދު ވިދާޅުވީ، މީގެ ކުރިން މިނިސްޓްރީތަކުގެ މަސައްކަތް ބައްޓަންކުރެވިފައި އޮތީ، ވައުދުތައް ފުއްދުމަށްވުރެ އެހެން ބައެއް ކަންކަމަށް އިސްކަންދެވޭ ފަދަ ގޮތަކަށް ކަމަށެވެ. ނަމަވެސް ކައުންސިލް އިންތިހާބާއި ރެފަރެންޑަމްގެ ވޯޓުގެ ނަތީޖާއާއެކު، ބަދަލުތަކެއް ސަރުކާރަށް ގެންނަން ޖެހޭ ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށާއި އެ ސަބަބާހުރެ ރައީސް މުއިއްޒު މިހާރު ވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ފައްޓަވާފައި ކަމަށެވެ.

”މިހާރު ވަޒީރުންނަށް ރައީސް ވަނީ ވަރަށް ކްލިއާ އިންސްޓްރަކްޝަނެއް ދެއްވާފައި. އެއީ މެނިފެސްޓޯއަށް ފޯކަސް ކުރައްވާށޭ“ މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ، ރެފެރެންޑަމްއިން ބަލިވި ނަމަވެސް، އެއީ ރައްޔިތުންގެ ތާއީދު ސަރުކާރަށް ނެތުން ނޫން ކަމަށެވެ.

މުންދު އިތުރަށް ވިދާޅުވީ، ރެފެރެންޑަމްގެ ވޯޓާއި ކައުންސިލްސިލް އިންތިހާބުގެ ވޯޓު އެކުގައި ބޭއްވުމުންވެސް، ނަތީޖާއަށް އަސަރުތަކެއް ކުރި ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު