Wednesday, 9 September 2026
Ads by

އެންމެ އިސް ޒިންމާއެއްގެ ގޮތުގައި ދެކެނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ކަށަވަރު ކުރުން: ރައީސް ޑރ. މުޢިއްޒު

އެންމެ އިސް ޒިންމާއެއްގެ ގޮތުގައި ދެކެނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ކަށަވަރު ކުރުން: ރައީސް ޑރ. މުޢިއްޒު

ދިވެހިރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީން ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ އާންމުންނަށް ރައީސާ ސުވާލުކުރެވޭ ގޮތަށް ކުރިއަށް ގެންދާ ”ރައީސްގެ ޖަވާބު“ ގައި އާންމުންގެ ފަރާތަކުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ ފަރާތުން ކުރެއްވި ސުވާލުގައި ވަނީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމުގެ ކަންކަން ހިނގަމުންދާގޮތާއި މެދު ސުވާލު ކޮށްފައެެވެ. އެގޮތުން އިންޑިއާ ސިފައިން ޔުނީފޯމް ނުލައި ކުލަ ހެދުމުގައި ރާއްޖެ އަންނަ ވާހަކަ ވަރަށް ގިނަ މީހުން ދައްކަމުންދާ ކަމަށެވެ. މިކަމުގެ ހަގީގަތަކީ ކޮބައިތޯ އޭނާ ވަނީ އައްސަވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެންމެ އިސް ޒިންމާއެއްގެ ގޮތުގައި ދެކެނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ކަށަވަރު ކުރުން ކަމަށެވެ.

މިހާރު ރާއްޖޭގައި ތިބި އިންޑިއާގެ މިލިޓްރީ ސިފައިން ރާއްޖެއިން ގެންދިއުމަށްޓަކައި އަޅުގަނޑުމެން ހުރިހާ މަސައްކަތްތަކެއް މި ދަނީ ކުރަމުން

– ރައީސް ޑރ. މުޢިއްޒު

ރައީސް އިތުރަށް ވިދާޅުވީ ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަން ކުރަމުން ދަނީ ޑިޕްލޮމެޓިކްގެ ރިވެތި އުސޫލުގެ ތެރެއިން ކަަމަށެވެ. މިހާރުގެ މަޝްވަރާތައް ގޮސްފައިވާ ގޮތަށް ބަލާއިރު މި ފެށޭ މާޗު މަހު އެއް ޕްލެޓްފޯމްގެ ސިފައިން ރާއްޖެ ދޫކޮށް ދާނެކަމަށާއި ޖެހިގެން އަންނަ މެއި މަހުގެ 10 ވަނަ ދުވަހު ބާކީތިބި ސިފައިން ދާނެކަމުގެ ޔަގީންކަން ދޭކަމަށް ރައީސް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި