Sunday, 27 September 2026
Ads by

އަޅުގަނޑާއެކު ޕީއެންސީއަށް ހޯސްލާފައި ޒުވާނުން ގުޅޭނެ: ޖާބިރު

އަޅުގަނޑާއެކު ޕީއެންސީއަށް ހޯސްލާފައި ޒުވާނުން ގުޅޭނެ: ޖާބިރު

ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ޖާބިރު ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގަތުމާއެކު، ގިނަ އަދަދެއްގެ ޒުވާނުން އެ ޕާޓީއާ ”ހޯސްލާފައި“ ގުޅޭނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

”މިހާރު“ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވަނީ އޭނާގެ ސިޔާސީ ކުރިމަގާއި ގުޅޭގޮތުން މުހިންމު ވާހަކަތަކެއް ހިއްސާކުރައްވާފައެވެ.

”އަޅުގަނޑު ޕީއެންސީއާ ގުޅުމުގެ ނަތީޖާއަކީ ޒުވާނުން މި ޕާޓީ އަށް ހޯސްލާފައި ގުޅުން“ ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ޕީއެންސީއާ ގުޅިވަޑައިގަތުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ޑިމޮކްރެޓިކް ސިޔާސަތުތަކާއި، ގައުމުގެ ތަރައްގީއަށް އެމަނިކުފާނު ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅުތައް ފެނިވަޑައިގަތުމުން ކަމަށެވެ. ޚާއްޞަކޮށް ރައީސް މުޢިއްޒުގެ މުރާލިކަމާއި، ހީވާގިކަމުގެ އިތުރުން މަސައްކަތްތައް ކުރިއަށްގެންދަވާ ބާރުމިނާމެދު ވަރަށް ބޮޑަށް ގަޔާވާކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.

”އެ މަނިކުފާނުގެ މުރާލިކަމާއި ހީވާގިކަމާއި ރައީސްގެ އެ ސްޕީޑުގައި މަސައްކަތް ކުރެއްވުމުން ވަރަށް ގަޔާވޭ. އެހެންވެ އަޅުގަނޑުގެ ސިޔާސީ ތަޖުރިބާއާ އެކު މަސައްކަތް ކޮށްލުމަށް ޕީއެންސީއާ ގުޅުނީ،“ ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ޕީއެންސީގައި މި ވަގުތު އޭނާގެ އެންމެ ފުރަތަމަ އަދި އެންމެ އިސް މަސަކަތަކަށް ވާނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަންގައި އެ ޕާޓީ އަށް ރައްޔިތުންގެ މަޖިލިހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްދިނުން ކަމަށެވެ.

ޖާބިރު މީގެކުރިންވެސް އެކި ސިޔާސީ ޕާޓީތަކާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވާފައިވާއިރު އޭނާ ވަނީ ރައީސް މައުމޫނު އުފެއްދެވި ޑީއާރުޕީގެ ލީޑަރުކަންވެސް ކުރައްވާފައެވެ.

މީގެއިތުރުން އެމްޑީޕީ އަދި ޖޭޕީގައި މުހިންމު މަސައްކަތްތަކެއް ޖާބިރު ކުރެއްވިއެވެ. އެގޮތުން ޖޭޕީގެ ނައިބު ލީޑަރުކަން ޖާބިރު ވަނީ ކުރައްވާފައެވެ. އަދި އެމްޑީޕީގެ ރައީސްގެ އެޑްވައިޒަރު ކަމުގެ މަސައްކަތް ކުރެއްވުމަށް ފަހު 2023 ވަނަ އަހަރު ޖާބިރު ވަނީ ”ގްރީން ޕާޓީ“ ނަމުގައި ޕާޓީއެއް ވެސް އުފައްދަން ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ ޕާޓީއަށް މީހުން ހަމަނުވުމުން ރަޖިސްޓްރީއެއް ނުކުރެ އެވެ. އަދި އޭނާ ލީޑަރުކަން ކުރެއްވި ޑީއާރުޕީވެސް ވަނީ މެންބަރުންގެ އަދަދު ހަމަނުވާތީ 2023 ވަނަ އަހަރު އުވާލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި