Wednesday, 30 April 2025
Ads by

އެކަނިވެރި މައިންގެ އިނާޔަތް އަންނަ އަހަރު ބޮޑު ކުރަނީ

އެކަނިވެރި މައިންގެ އިނާޔަތް އަންނަ އަހަރު ބޮޑު ކުރަނީ

ފޮޓޯ: މަޖިލިސް

އެކަނިވެރި މައިންގެ އިނާޔަތް އަންނަ އަހަރު ބޮޑު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by MN Maldives

އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް “ރައީސްގެ ޖަވާބު” ނަމުގައި ސަރުކާރުން ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން އަންހެނަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށެވެ. އަދި އެ ވައުދު ފުއްދަވާނެ ކަމަށް ވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އެކަމަކު އިގުތިސޯދު ރަނގަޅުކުރުމަށް ކަންކަން ހުރުމުން މި އަހަރުގެ ބަޖެޓުގެ ތެރެއިން އެކަން ކުރުމަކީ ހަމަޖެހިފައިވާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، އަންނަ އަހަރު އެ މަސައްކަތްތައް ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޔަތީމު ކުދިން އަދި މުޖުތަމައުގައި ހަވާސާ ވެފައިވާ ކުދިންނަށް ކުރިއަށްވުރެ ބޮޑަށް ސަމާލުކަންދީ، އަޅާލުން ދޭނެ ކަމަށެވެ.

“މި އަންނަ އަހަރަކީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރެވިގެންދާނެ އަހަރަކަށް ހަދާނަން. މި އަހަރު ވެސް މަސައްކަތްކުރެވިގެން ދަނީ. ވަރަށް އިސްކަންދޭ ކަމެއް އަޅުގަނޑުމެން.”

– ރައީސް ޑރ، މުޢިއްޒު

އެކަނިވެރިމައިންނަށް އިނާޔަތް ދޭން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި ގެނައި ބަދަލުގެ ތެރޭގައި ތިބި ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1،000ރ.ގެ މަގުން މަހެއްގެ މައްޗަށް އެފަދަ އާއިލާއަކަށް ގިނަވެގެން 3،000ރ. ދެއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ އަދަދު 10،000ރ. އަށް އިތުރުކުރިއެވެ. ރައީސް މުއިއްޒު ކެމްޕެއިންގެ ތެރޭގައި ވިދާޅުވެފައިވަނީ މިހާރު ދޭ ޖުމްލަ އަދަދު 12،000ރ. އާ ހަމައަށް އިތުރުކޮށް ދެއްވާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
352573_6707d699-0_-scaled
ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރައްވައިފި
IMG_20240313_025311
މަގުތަކަށް ކުނި އެޅި 100 މީހުން ޖޫރިމަނާކޮށްފި
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
345401_7d7053a7-4_
ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ނޮޅިވަރަންފަރު ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި
352573_6707d699-0_-scaled
ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރައްވައިފި
IMG_20240313_025311
މަގުތަކަށް ކުނި އެޅި 100 މީހުން ޖޫރިމަނާކޮށްފި
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
345401_7d7053a7-4_
ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ނޮޅިވަރަންފަރު ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި