Sunday, 26 July 2026
Ads by

އަޅުގަނޑުގެ ފޮޓޯ ޖަހައިގެން އިންސާނެއްގެ މަރާ ގުޅުވައި ދައްކަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ލަމްއާން

އަޅުގަނޑުގެ ފޮޓޯ ޖަހައިގެން އިންސާނެއްގެ މަރާ ގުޅުވައި ދައްކަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ލަމްއާން

އެމްއޭސީއެލްގެ ޑީއެމްޑީ ލަމްއާން---

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ލަމްއާންގެ ފޮޓޯ ޖަހައިގެން، މީހެއްގެ މަރާ ގުޅުވައިގެން ދައްކަމުންދަނީ އެއްވެސް ހަގީގަތެެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ލަމްއާން މި މޭރުމުން ވިދާޅުވީ، ހަސަން ކުރުސީގެ ނަމުގައި ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގަމުން އަންނަ އެކައުންޓަކުން ކޮށްފައިވާ ޕޯސްޓަކާ ގުޅިގެން އެކަމަށް ރައްދުދެއްވަމުންނެވެ. މި ޕޯސްޓާއި ގުޅިގެން ލަމްއާން ވިދާޅުވީ، އިންސާނެއްގެ މަރާއި އަޅުވާ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް އޭނާގެ ފޮޓޯ ޖަހައިގެން ހަސަން ކުރުސީގެ ނަމުގައި ހިންގަމުން އަންނަ އެކައުންޓުން ދައްކަމުން އަންނަ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ހަސަން ކުރުސީގެ ނަމުގައި ހިންގަމުން އަންނަ އެ އެކައުންޓުން ވަނީ މި މަހުގެ 21 ވަނަ ދުވަހު ދަންޖެހިގެން އަމިއްލައަށް މަރުވި ގއ. ވިލިނގިލި / ހިކިދުބުރިމާގެ އަޙްމަދު ޢަމްރޫގެ މަރާއި އެމްއޭސީއެލްގެ މުވައްޒަފުން އޭނާއަށް ބުލީކުރުމާއި ގުޅުވައިގެން ވާހަކަދައްކައިފައެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، އެމްއޭސީއެލްގެ ސީނިއަރ ލީޑަރޝިޕުން އެ ކުންފުނީގެ މުވައްޒަފުންނަށް ޢަމްރޫގެ ޖަނާޒާއަށް ނުދިއުމަށް އަންގާފައިވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ގދ. ތިނަދޫގައި ފެނަކަ މުވައްޒަފަކު ނިޔާވި މައްސަލައިގެ މައުލޫމާތު އޮޅުވާލައިގެންވެސް ކުރުސީ އެކައުންޓުން ވަނީ އާންމުކޮށްފައެވެ.

މީގެ އިތުރުން އެމްއޭސީއެލްގެ މާކެޓިންގ ޓީމުން އޭނާއަށާއި އޭނާގެ އާއިލާއަށް ތައުޒިޔާގެ މެސެޖެއް ވެސް ފޮނުވާފައިނުވާ ކަމަށް ބުނެ ވަނީ ވާހަކަދައްކައިފައެވެ. ނަމަވެސް ”އެކި އެމްވީ“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޢަމްރޫއަކީ އެމްއޭސީއެލްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެއް ވެސް ނޫނެވެ. އަދި ތިނަދޫ ހާދިސާ އަކީވެސް އެމްއޭސީއެލްއާއި އެއްވެސް ގުޅުމެއްހުރި ހާދިސާއެއްނޫނެވެ.

މިވާހަކަ އެންމެ ފުރަތަމަ އެކްސްގައި ޕޯސްޓުކުރީ އެމްޑީޕީގެ ވަކީލު އަދި އެޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މައުރޫފް އެވެ. އެއަށްފަހު އެކަމަށް މަޢާފަށްވެސް ނޭދި އޭނާ ވަނީ އެ ޕޯސްޓް ފޮހެލާފައެވެ. މިކަމާއި ގުޅިގެން ”އެކިއެމްވީ“ އިން ސުވާލު ކުރުމުން މައުރޫފް ބުނީ ”ތިޔައީ އެމްއޭސީއެލް އެފިލިއޭޓެޑް މީޑިއާއެއްތޯ“ އެވެ. އޭނާކުރި ވިޔާނުދާ ޢަމަލުގެ ވާހަކަ ދެއްކުމަށް އިންކާރުކުރައްވާ އިތުރުފުޅު ހެއްދެވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހަސަން ކުރުސީގެ ނަމުގައި މީސް މީޑިއާގެ އެކި މަންސަތަކުގައި ހިންގަމުން އަންނަ އެކައުންޓްތަކަކީ ހަގީގަތާއި ހިލާފު ދޮގު އެތަކެއް ވާހަކަތަކެއް ފަތުރަމުން އަންނަ އެކައުންޓުތަކެކެވެ. އަދި މިއީ އެތައް ބަޔަކަށް ގަނާކޮށް ފުރައްސާރަކުރުމަށް ދެވިހިފާފައިވާ އެކައުންޓު ތަކެކެވެ. މީގެ ކުރިން ވެސް މީނާ މިފަދަ ވާހަކަތައް ދެއްކުމުގެ ސަބަބުން ހޫނު ފެނަށް ވެއްޓި، އާންމުންގެ ކިބައިން މައާފަށް ވެސް އެދިފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި