Wednesday, 9 September 2026
Ads by

ތިލަމާލެ ބްރިޖުގެ 72 އިންސައްތަ ނިމިއްޖެ، މަސައްކަތް ނުހުއްޓި ކުރިއަށްދޭ: މުއްޠަލިބް

ތިލަމާލެ ބްރިޖުގެ 72 އިންސައްތަ ނިމިއްޖެ، މަސައްކަތް ނުހުއްޓި ކުރިއަށްދޭ: މުއްޠަލިބް

ހައުސިންގ މިނިސްޓަރު ޑރ. މުއްޠަލިބް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ 72 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި އަމާޒަކީ އެއްވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރިއަށްގެންދިއުން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު މުއްޠަލިބް މި މޭރުމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަމާލެ ބްރިޖްގެ އެންމެ ފަހުގެ މައުލޫމާތުތައް ނޫސްވެރިންނާ ހިއްސާކުރައްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ބްރިޖްގެ މަސައްކަތް ކުރިއަށްދާގޮތަށް ބަލާއިރު މަޝްރޫޢުގެ 72 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

ބްރިޖްގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްސީލަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ކުރިއަށްދަނީ ސެގްމެންޓްގެ ކާސްޓް ކުރުމުގެ މަސައްކަތާއި ސެގްމެންޓްތައް ބްރިޖްގެ ތަނބުތަކާ ގުޅުވާލުމުގެ މަސައްކަތް ކަމަށެވެ.

”އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒަކީ މަސައްކަތް ނުހުއްޓި، ވީހާވެސް އަވަހަކަށް މަސައްކަތް ނިންމާލުން، ނަމަވެސް ކުރިން ވެސް އަޅުގަނޑު ދަންނަވާލި ފަދައިން، ކަނޑައަޅާފައިވާ ތާރީހުތަކުގައި މިހާރު ޕްރޮޖެކްޓެއް ނުނިމޭނެ،“ – މިނިސްޓަރު މުއްޠަލިބް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއު ވީހާވެސް އަވަހަކަށް ނިންމުމަށް ކޮންޓްރެކްޓަރަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދީގެން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަކީ ސަރުކާރުން ވިސްނާގޮތް ކަމަށެވެ. އެގޮތުން ކޮންޓްރެކްޓަރަށް އިތުރު ފިޔަވަޅެއް އެޅުމަކާ ނުލައި މުއްދަތު އިތުރުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށާއި، ބްރިޖު ނިންމުމަށް މިހާރު ކަނޑައެޅިފައިވާ މުއްދަތު އަންނަ 2027 ވަނަ އަހަރު ނިމެންވާއިރަށް އިތުރުކޮށްފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ހަފުތާގެ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވެސް ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ސްޕީޑާމެދު ހިތްހަމަނުޖެހޭކަން ހާމަކުރައްވައިފައެވެ. އެގޮތުން މަސައްކަތް ނިންމުމަށް ކުރިން ކަނޑައަޅާފައިވާ ތާރީހަކީ މި އަހަރު ނަމަވެސް، މިހާރު ދީފައިވާ މުއްދަތަކީ އަންނަ 2027 ވަނަ އަހަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި