Wednesday, 9 September 2026
Ads by

ވާނުވާ ބަންދު ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށަނީ

ވާނުވާ ބަންދު ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށަނީ

ފޮޓޯ: މަޖިލިސް

ޖަލަށްލައި، އަބަދު ދެވޭ ނިސްބަތް މަޑުކޮށް، އެކިއެކި ކުށްތަކުގައި ތަހުގީގުގައި ’ވާނުވާ‘ ގައި ތިބޭ ތިބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފައްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލިސް މިއަހަަރަށް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޤާނޫނުތައް އެކަށައެޅުމުގައި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކުރުމާއި ކުށްކުރާ މީހުންނަށް ރަނގަޅު މަގުދައްކައިދީ އަލުން މުޖްތަމަޢަށް ގެނައުން ކަމަށެވެ.

ރައީސް ވިދާޅުވީ ތަޙްޤީޤަށް ހައްޔަރުކޮށްފައި ”ވާނުވާ“ ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މި ފެށޭ ދައުރުތެރޭގައި ޤާނޫނަށް އިޞްލާޙު ހުށަހަޅާނެ ކަމަށެވެ.

ޖަލަށްލެވޭ، އަދަބުދެވޭ ނިސްބަތް މަދުކުރުން. ޖަލުތައް ހިންގައި ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް، އެއީ އޯގާވެރިކަމާއެކު އިޞްލާޙުކުރަން މަސައްކަތްކުރާ ތަންތަނަށް ހެދުން. އެކިއެކި ކުށްތަކުގެ ތަޙްޤީޤުގައި، ”ވާނުވާ“ ގައި، އާދެ، ވަކި މުއްދަތެއްނެތި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެނައުން، އެއީ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުވީ ވަޢުދެއް

– ރައީސް ޑރ. މުޢިއްޒު

މީގެ އިތުރުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރައީސްކަމުގެ މަގާމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ޝަރުއީ ދާއިރާ ހިނގަމުން އަންނަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ.

ޝަރުއީ ދާއިރާ އަށް ސިޔާސީ ނުފޫޒު ފޯރާ ވަރު ހަނިކުރުމަށްޓަކައި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ފަދައިން ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި