Sunday, 26 July 2026
Ads by

އަންނަ މަހު ”އޮޕަރޭޝަން ކުރަނގި“ ގެ 3 ވަނަ ފޭސް ފަށަނީ

އަންނަ މަހު ”އޮޕަރޭޝަން ކުރަނގި“ ގެ 3 ވަނަ ފޭސް ފަށަނީ

ދިވެހިރާއްޖޭގައި ފިންގަރޕްރިންޓް ނުދީ، ގަވާއިދާ ޚިލާފަށް އުޅެމުންދާ 2,933 ބިދޭސީއަކު ދެނެގަނެވިފައިވާ ކަމަށާއި، އެމީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ ބޮޑު އޮޕަރޭޝަނެއް މި އަހަރުގެ މޭ މަހު ފެށުމަށް ތައްޔާރުވަމުންދާކަން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން އިޢުލާން ކުރައްވައިފިއެވެ.

Ad Image
Ads by

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ އިޙުސާން ވިދާޅުވީ، މިހާތަނަށް ކުރެވުނު މަސައްކަތުން ދެނެގަނެވިފައިވާ މި ޢަދަދަކީ ކަންބޮޑުވާންޖެހޭ މިންވަރެއް ކަމަށެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ”އޮޕަރޭޝަން ކުރަނގީ“ ގެ ތިންވަނަ ފޭސް،މި ވަނަ އަހަރުގެ މޭ މަހުގެ 2 ވަނަ ދުވަހު ފެށުމަށް މިހާރު ވަނީ ތާރީޚު ކަނޑައަޅާފައެވެ.

މި އޮޕަރޭޝަންގެ ދަށުން، އެ ތާރީޚުން ފެށިގެން ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ހައްޔަރުކުރުމަށްފަހު ރާއްޖެއިން ޑިޕޯޓްކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

”މޭ 2026 އިން ފެށިގެން، ފިންގަރޕްރިންޓް ނުދީ އުޅެނިކޮށް އަޅުގަނޑުމެންގެ ލޯ އެންފޯސްމަންޓާ ދިމާވާ ކޮންމެ ބިދޭސީއަކީ ވަގުތުން ރާއްޖެއިން ޑިޕޯޓް ކުރެވޭނެ ފަރާތެއް،“ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް އިލްތިމާސްކުރެއްވީ، ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެމީހުންގެ ވޯކް ޕާމިޓާއި ވިސާގެ ކަންކަން ސިސްޓަމް މެދުވެރިކޮށް ގަވާއިދުން ބެލުމަށެވެ. އަދި ވިސާ ފީތައް ދައްކައި، ގަވާއިދާ އެއްގޮތަށް ބިދޭސީން ގެންގުޅުމަށް ބާރުއެޅުއްވިއެވެ.

އެންފޯސްމަންޓް މަސައްކަތް ފެށުމަށްފަހު، ގަވާއިދާ ޚިލާފުވެގެން ހައްޔަރުކުރާ މީހުން ދޫކޮށްލުމަކީ ފަސޭހަކަމަކަށް ނުވާނެކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އިދާރީ ނުވަތަ ޕްރޮސެސިންގ މައްސަލައެއްގެ ސަބަބުން ވިސާ ނުދެއްކި ހުރި ހާލަތްތަކުގައި އެކަންކަމަށް ރިއާޔަތްކުރާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ، ރާއްޖޭގައި ބިދޭސީންގެ މައްސަލަ ދާއިމީކޮށް ހައްލުކޮށް، ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރެއިން އުޅޭ ބައެއްކަން ކަށަވަރުކުރުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި