Saturday, 24 October 2026
Ads by

އިޒްރޭލުގެ ސަޕޯޓަރު، ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގެ މޭސްތިރި ސްޓީވް ބެނަން އަމިއްލަ ގަޔަށް ކުޑަކަމުދާ ވީޑިއޯއެއް ދައުރުވަނީ

އިޒްރޭލުގެ ސަޕޯޓަރު، ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގެ މޭސްތިރި ސްޓީވް ބެނަން އަމިއްލަ ގަޔަށް ކުޑަކަމުދާ ވީޑިއޯއެއް ދައުރުވަނީ

ސްޓީވް ބެނަން ވަނީ އޭނާއަކީ "ކްރިސްޓިއަން ޒަޔަނިސްޓެއް" އަދި "އިޒްރޭލުގެ ހަނގުރާމަވެރިއެއް" ކަމަށް ސިފަކޮށްފައެވެ. އަދި މިއީ 2025 ވަނަ އަހަރު އޯތޮޑޮކްސް ޔަހޫދީ ޖަމާޢަތަކުން އޭނާއަށް ޝަރަފު އެރުވި ލަޤަބެކެވެ

2026 ވަނަ އަހަރުގެ ވޯލްޑް އިކޮނޮމިކް ސަމިޓާ ގުޅިގެން މުޅި ދުނިޔޭގެ ސޯޝަލް މީޑިއާގައި މިހާރު ފެތުރެމުންދަނީ އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕްގެ އިސް އެޑްވައިޒަރު އަދި ”ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގެ“ މޭސްތިރި ސްޓީވް ބެނަންއަށް ބޮޑު ނިކަމެތިކަމަކާ ކުރިމަތިވި ވާހަކައެވެ. ބައިނަލްއަޤްވާމީ ކެމެރާތަކުގެ ކުރިމަތީގައި އޭނާގެ ހަށިގަނޑުގެ ކޮންޓްރޯލް ގެއްލި، އަމިއްލަ ގަޔަށް ކުޑަކަމުދެވުނުކަމަށް ބުނެ ފެތުރެމުންދާ މި ވާހަކައަކީ ރަސްމީ މީޑިއާތަކުން ކަށަވަރުކޮށްދޭ ކަމަކަށް ނުވިނަމަވެސް، މިއީ އޭނާ އާއި އޭނާ ފަދަ އިސްލާމްދީނާ މުސްލިމުންނަށް ނަފުރަތުކުރާ ބޮޑުން މުސްލިމުންނާ ދެކޮޅަށް ފަތުރަމުންދާ އިސްތިޢުމާރީ ފިކުރުގެ އާޚިރު ނަތީޖާ؛ މުޅި ދުނިޔޭގެ ކުރިމަތީގައި ފުނޑުފުނޑުވެ ކޮންޓްރޯލުން ނެއްޓިގެން ދިޔުމުގެ ރަމްޒީ މިސާލެކެވެ.

Ad Image
Ads by

އިސްލާމްދީން ކުށްވެރިކުރުމުގެ ފިކުރު:
”ބެނަންސް ވޯރ“ ފަދަ ޑޮކިއުމެންޓްރީތަކުން ހާމަވާގޮތުގައި، އޭނާގެ މައިގަނޑު މަޤްޞަދަކަށްވީ ދީނީ ބޮޑު ހަނގުރާމައެއް އުފެއްދުމެވެ. ޓެރަރިޒަމާ ދެކޮޅު ހަނގުރާމައަކީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ކުރާ ފިކުރީ ހަނގުރާމައަކަށް ބަދަލުކޮށްލީ އޭނާގެ ނުފޫޒުންނެވެ. އިސްލާމްދީނަކީ ކުށެއް ކަމުގައި ދައްކައި، މުސްލިމުންނަކީ ހުޅަނގަށް އޮތް ނުރައްކާއެއް ކަމަށް ސިފަކުރުމުގެ ނަތީޖާއަކީ، މުސްލިމުންގެ އިޤްތިޞާދުތައް ފުނޑާލައި، އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތައް ހިންގުމަށް ސިޔާސީ ގޮތުން މަގުފަހިވެގެން ދިއުމެވެ.

31 މާރިޗު 2003, ނަޖަފް، ޢިރާޤު: އެމެރިކާއިން ގައިދީންނަށް އަނިޔާކުރާ މަރުކަޒެއްގައި، ޢިރާޤުގެ ބައްޕައަކު އޭނާގެ 4 އަހަރުގެ ފިރިހެން ދަރިފުޅަށް ތަސައްލީދެނީ. ބްރައުން ޔުނިވަރސިޓީއިން ހާމަކުރިގޮތުގައި، އެމެރިކާއިން އިސްވެ އޮވެ ހިންގަމުންދާ ”ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގެ“ ސަބަބުން ފާއިތުވި 20 އަހަރުގެ ތެރޭގައި އެއް މިލިއަން މީހުން ވަނީ މަރުވެފައެވެ. (ފޮޓޯ: އޭޕީ ނިއުސް)

ނަސްލުހޭދަށް މަގުފަހިކުރުން:
މި ފިކުރުގެ ސަބަބުން މުސްލިމުންގެ އެތައް މިލިއަން ފުރާނައެއް ވަނީ ގެއްލިފައެވެ. އިޒްރޭލުން ފަލަސްޠީނުގައި ހިންގާ ނަސްލުހޭދާއި ޤަތުލުޢާންމަށް ފުރިހަމައަށް ތާޢީދުކުރުމަކީ މި ފިކުރުގެ ނަތީޖާއެވެ. މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ލޭބަލްކޮށްގެން، އެއްވެސް ޖަވާބުދާރީވުމަކާ ނުލައި މުސްލިމުން ކަތިލުމުގެ ހުއްދަ ހުޅަނގަށް ލިބުނެވެ. މިއަދު ސަމިޓުން ފެނިގެންދިޔައީ، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ފެށި މޭސްތިރިންގެ ބާރު ކެނޑި، އެމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށްވެސް ކޮންޓްރޯލް ނެތި ދުނިޔޭގެ ކުރިމަތީގައި ބޭޒާރުވަމުންދާ މަންޒަރެވެ.

އިސްތިޢުމާރީ ބާރުތަކުގެ ގޮނޑިކޮއްކޮ ވެރިން:
ހުޅަނގުގެ މި އަނިޔާވެރި އެޖެންޑާ ކާމިޔާބުވުމުގެ އަސްލަކީ އިސްލާމީ ޤައުމުތަކުގައި ތިބި ހުޅަނގުގެ ގޮނޑިކޮއްކޮ ވެރިންނެވެ. މީގެ އެންމެ ސާފު އެއް ހެއްކަކީ ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރވޭޒް މުޝައްރަފް 2006 ވަނަ އަހަރު ނެރުނު އޭނާގެ އަމިއްލަ ފޮތް ”އިން ދަ ލައިން އޮފް ފަޔަރ“ ގައި ލިޔެފައިވާ ވާހަކަތަކެވެ. އެ ފޮތުގެ 237 ވަނަ ޞަފުޙާގައި އޭނާ އެއްބަސްވެފައިވާ ގޮތުން، އެތައް ސަތޭކަ މުސްލިމުންނެއް ހިފައި ހައްޔަރުކޮށް އެމެރިކާއާ ޙަވާލުކޮށްގެން އޭނާ ވަނީ މިލިއަނުން ޑޮލަރުގެ ފައިސާ ހޯދާފައެވެ. މިއީ އަމިއްލަ ރައްޔިތުން އަޅުވެތިކުރުމަށް މުޅި އިސްލާމީ ދުނިޔޭގައި ވެރިން ބޭނުންކުރާ ގޮތެވެ.

ޓެރަރިޒަމާ ދެކޮޅަށް މުސްލިމު ޤައުމުތަކުގެ ސަރުކާރުތައް އިސްވެ ހަދާފައިވާ ކޯލިޝަން (އަައިއެމްސީޓީސީ). މިކޯލިޝަން އިޒްރޭލާ އެމެރިކާއިން ހިންގާ ޓެރަރިޒަމާ ދެކޮޅަށް މިއަދު ކޮބައިތޯ؟ (ޢަރަބި ސެންޓަރު-ވޮޝިންޓަން ޑީސީ)

މީގެ އެންމެ ބޮޑު ދެފުއްދެގޮތް ބަޔަކީ، ”ޓެރަރިޒަމާ“ ދެކޮޅަށް ކަމަށް ބުނެ ހަދާފައިވާ ބޮޑެތި އަސްކަރީ ކޯލިޝަންތަކެވެ. ޣައްޒާގައި އިޒްރޭލާއި އެމެރިކާއިން ކޮންމެ ދުވަހަކު މުސްލިމުންނާ ދެކޮޅަށް ސްޓޭޓް ޓެރަރިޒަމް ހިންގަމުންދާއިރު، މި ކޯލިޝަންތަކުގެ އެއްވެސް ވަޞީލަތެއް އެކަން ހުއްޓުވާކަށް ބޭނުމެއް ނުކުރެއެވެ. އޭގެ ބަދަލުގައި މުސްލިމް ޤައުމުތަކުގެ ހުރިހާ ފައިސާއަކާއި ހަތިޔާރެއް ބޭނުންކުރަނީ އަމިއްލަ މުސްލިމް ރައްޔިތުން މަރައި، އެމީހުންގެ މައްޗަށް ބާރުފޯރުވުމަށެވެ. މިއަދު ފެންނަމުންދަނީ އެ އަނިޔާވެރި ފިކުރު މުޅިން ބަނގުރޫޓުވެފައިވާ މަންޒަރެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި