Saturday, 24 October 2026
Ads by

ޢުމްރާއަށް މީހުން ގެންދިއުމުގައި ހިންގާ މަކަރާއި ހީލަތް ހުއްޓުވޭނީ ޚާއްޞަ ޤާނޫނެއް ހަދައިގެން: ޑރ. ޝަހީމް

ޢުމްރާއަށް މީހުން ގެންދިއުމުގައި ހިންގާ މަކަރާއި ހީލަތް ހުއްޓުވޭނީ ޚާއްޞަ ޤާނޫނެއް ހަދައިގެން: ޑރ. ޝަހީމް

އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޢަލީ ސަޢީދު: ފޮޓޯ / މަޖްލިސް

ޢުމްރާގެ އަޅުކަމަށް މީހުން ގެންދާ ކުންފުނިތަކާއި ގުރޫޕުތަކުން ރައްޔިތުންނަށް އިހުމާލުވެ، މަކަރާއި ހީލަތް ހަދާ މައްސަލައަށް ދާއިމީ އަދި ޢަދުލުވެރި ޙައްލެއް ގެނެވޭނީ އެކަމަށްޓަކައި ޚާއްޞަ ޤާނޫނެއް އެކުލަވާލައިގެން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައި، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރަކް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި، މެންބަރު ޙުސްނީ ވަނީ ޢުމްރާ ގުރޫޕުތަކުގެ އިހުމާލުގެ މައްސަލައަކީ އަބަދުވެސް އިވޭ، އަދި ދާދިފަހުންވެސް ފެނިގެންދިޔަ ހިތާމަވެރި ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ތަފާތު ޤަވާއިދުތަކަށް ބަދަލު ގެނެސްގެންވެސް މިކަން ހުއްޓުވިފައި ނުވާތީ، އެކަން ހަރުދަނާކުރަން ކުރާ މަސައްކަތްތަކާ ބެހޭގޮތުން ސުވާލު ކުރައްވާފައެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ، މި މައްސަލައަކީ ރައްޔިތުންގެ ވަރަށް މަތީ މަސްލަޙަތުތަކަކާއި ޙައްޤުތަކަކާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި މިކަމަށް އޮތް އެންމެ ރަނގަޅު ޙައްލަކީ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މިކަން ތަރުތީބު ކުރުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

”އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ތިކަމަށް ޢަދުލުވެރި ޙައްލެއް ގެނެވޭނީ ތިކަމަށް ޚާއްޞަ ޤާނޫނެއް އެކުލަވާލެވިގެން. އެހެންވީމާ އަޅުގަނޑުމެންގެ ވުޒާރާގެ ފަރާތުން މިހާރު މަސައްކަތް ކުރަމުން އެބަގެންދަން ދިވެހިރާއްޖޭގެ ޙައްޖާއި ޢުމްރާގެ ކަންތައްތަކާ ގުޅޭގޮތުން ޤާނޫނެއް އެކުލަވާލަން،“ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އެކުލަވާލާ އާ ޤާނޫނުގެ ތެރޭގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ދައުރާއި އަމިއްލަ ކުންފުނިތަކުގެ ދައުރު ފުރިހަމައަށް ބަޔާންވެފައި އޮންނާނެ ކަމަށެވެ. އަދި ކުންފުނިތަކުން ކުރާ ކުށްތަކަށް ޤާނޫނީ ގޮތުން ހަރުދަނާ ފިޔަވަޅު އެޅޭނެ ނިޒާމެއްވެސް މި ޤާނޫނުގެ ދަށުން ޤާއިމުކުރެވޭނެއެވެ.

އެހެން ޤައުމުތަކުގައިވެސް މިކަންކަން ހަރުދަނާކޮށްފައި އޮންނަނީ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިންކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ މިއީ ފައިސާއާ ގުޅުންހުރި ކަމަކަށް ވުމާއެކު، ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ޤާނޫނެއް އައުން ކޮންމެހެން މުހިންމު ކަމަށެވެ.

މާ ދުރުނޫން މުސްތަޤުބަލެއްގައި މި ޤާނޫނު މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވައި، މިކަމަކީ ހުރިހާ ރައްޔިތުންނާ ގުޅުންހުރި ކަމަކަށް ވާތީ، ޤާނޫނު ފާސްކުރުމުގައި ހުރިހާ މެންބަރުންގެ އެހީތެރިކަމާއި ތާއީދަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

”މިކަމަކީ ފައިސާއާ ގުޅުންހުރިކަމެއް، މިކަމަކީ ރައްޔިތުންގެ ވަރަށް މަތީ މަސްލަޙަތުތަކާ ޙައްޤުތަކާ ގުޅުންހުރި ކަމެއް، އެހެންވީމަ މިކަމަށް ޤާނޫނެއް އަންނަން އެބަޖެހޭ އިނގޭތޯ.. މިކަން ހުއްޓޭނީ މިކަމަށް ހަރުދަނާ ޤާނޫނީ ފިޔަވަޅުތަކެއް އެޅިގެން. އަޅުގަނޑު އެދެނީ ޢިއްޒަތްތެރި މެންބަރުން އަރިހުން އެކަމަށް ތާއީދު ކޮށްދެއްވުމަށް، އެކަމަށް މަސައްކަތްކޮށްދެއްވުމަށް އެކަން ހައްލުކުރުމަށްޓަކާ ހުރިހާ ރައްޔިތުންނާ ގުޅުންހުރި ކަމެއް ވީމަ. ޢިއްޒަތްތެރި މެންބަރުންގެ އެހީތެރިކަމާއެކު މިކަމަށް ޢަދުލުވެރި ޙައްލެއްލިބޭނީ“ މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި ޙައްޖު ޢުމްރާ ގެ ނަމުގައި ތަފާތު ގިނަ ގުރޫޕުތައް ހަދައިންގެން އަމިއްލަ ކުންފުނިތަކުން އެތައްބަޔަކަށް އޮޅުވާލާ މަކަރާއި ޙީލަތުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެގެން ގޮސްފައެވެ. އެގޮތުން ދާދިފަހުންވެސް ގިނަބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ޖާގަނެތްކަމަށްބުނެ ޢުމްރާގެ އަޅުކަމަށް ނުފުރު އެތައް ބަޔަކަށް ޙައްޖުކޯޕަރޭޝަނުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި