Monday, 27 July 2026
Ads by

ޤުރްއާން މުބާރާތްތަކަށް ތައްޔާރުވުމަކީ ތަޖުވީދުގެ ހަމަތަކުން ރީތިކޮށް ކިޔަވަން ދަސްވެ އީމާންތެރިކަން ވަރުގަދަވާނެ ކަމެއް: ފަސްޓްލޭޑީ

ޤުރްއާން މުބާރާތްތަކަށް ތައްޔާރުވުމަކީ ތަޖުވީދުގެ ހަމަތަކުން ރީތިކޮށް ކިޔަވަން ދަސްވެ އީމާންތެރިކަން ވަރުގަދަވާނެ ކަމެއް: ފަސްޓްލޭޑީ

ޤުރްއާން މުބާރާތްތަކަށް ތައްޔާރުވުމަކީ ތަޖުވީދުގެ ހަމަތަކުން ރީތިކޮށް ކިޔަވަން ދަސްވުމުގެ އިތުރުން، އީމާންތެރިކަން ވަރުގަދަވެ، ކެތްތެރިކަމާއި އަޚްލާޤީ ރަނގަޅު ސިފަތައް ނަފްސުގައި އަށަގަތުމަށް މަގުފަހިވާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އެކަމަނާ މިހެން ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) މުވައްޒަފުންގެ ދެވަނަ ޤުރްއާން އަދި މަދަހަ މުބާރާތް 1447 ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ދިވެހި ކޮންމެ ހިތެއްގެ ވިންދަކަށް ވާންވާނީ ކީރިތި މާތް ކަލާމްފުޅަށް އޮތް ފުން ލޯތްބާއި މަތިވެރި ޤަދަރާއި އިޙްތިރާމް ކަމަށެވެ. އަދި މިފަދަ މުބާރާތްތަކަށް ތައްޔާރުވާއިރު ލިބޭ އަމިއްލަ ތަޖުރިބާތަކާއި ހޭލުންތެރިކަމަކީ، ހަމައެކަނި ހުނަރު ދެއްކުމުގެ ބަދަލުގައި މުޅި އުމުރަށް ދެމިގެންދާނެ އަގުހުރި ފިލާވަޅުތަކެއް ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ވެމްކޯގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، އެ މުވައްޒަފުންނަކީ ރާއްޖޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ރެއާއި ދުވާލު އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ، އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ހޯދައިދޭ ބައެއް ކަމަށެވެ. މި މުހިއްމު ޚިދުމަތުގެ އިތުރުން، މުވައްޒަފުންގެ މެދުގައި އިސްލާމީ އަޚުލާޤާއި ދީނީ ރޫޙު އާލާކުރުމަށް ކުންފުނީގެ މެނޭޖްމަންޓުން ކުރައްވާ މަސައްކަތްތަކަކީ ނުހަނު ތަޢުރީފު ހައްގު ކަމެއްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

”މުބާރާތެއް ނިމިގެންދާއިރު އެމުބާރާތަށް ތަމްރީނުވާން ފަރުދީގޮތުން ކުރާ މަސައްކަތުގެ ތެރެއިންލިބިގެންދާ ހޭލުންތެރިކަމަކީ މުޅި އުމުރަށް ލިބިގެންދާ ފިލާވަޅުތަކެއް“ ފަސްޓްލޭޑީ ވިދާޅުވިއެވެ.

މި މުބާރާތުން ފަޚުރުވެރި ވަނަތައް ހޯއްދެވި ފަރާތްތަކަށް ފަސްޓްލޭޑީ ވަނީ ތަހުނިޔާ ދަންނަވާފައެވެ. އަދި ވަނަ ނުލިބޭ ބައިވެރިން މާޔޫސްނުވެ، އަންނަ އަހަރު ކާމިޔާބީ ހޯދުމަށް އިތުރަށް މަސައްކަތް ކުރުމަށް އެކަމަނާ ހިތްވަރު ދެއްވިއެވެ.

މިރޭގެ މި ރަސްމިއްޔާތުގައި ވެމްކޯ މުވައްޒަފުންގެ ޤުރުއާން އަދި މަދަހަ މުބާރާތް 1447ގެ އެކި ގިންތިތަކުން އެއްވަނަ ޙާޞިލްކޮށްފައިވާ މުވައްޒަފުންނަށް އިނާމާއި ޓްރޮފީ ޙަވާކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_20260727_100608_767
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
20260727_064622
ސޫރިޔާގެ ދައިރުއްޒޫރުން ދިމަޝްޤަށް ދަތުރުކުރާ މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 35 މީހުން މަރުވެއްޖެ
udha vnews
ކ. އަތޮޅުން ފެށިގެން އައްޑު އަތޮޅަށް އުދައަރާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
psm udha photo
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި