Ads by
ޚަބަރު
މުޢިއްޒުގެ ވައުދެއް: ރޯދައިގެ ފަހު 10ގައި ސަރުކާރު ބަންދު ކުރާނަން

އޭނާގެ ވެރިކަމެއްގައި ރޯދަ މަހުގެ ފަހު 10ގައި އަޅުކަމަށް ހާއްސަކުރުމުގެ ގޮތުން އެއީ، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްްސާނޭ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ބ. އޭދަފުއްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ރަމަޟާން މަހުގެ ފަހު 10 އެއީ އެއްކޮށް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅާނެ ކަމަށެވެެ.

” އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑު ގަސްތުކުރަނީ، ރަމަޟާން މަހުގެ ފަހު 10 އެއީ އެއްކޮށް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް،” މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އަރަބި އިސްލާމީ ގައުމުތަކާއެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި ހުރިހާ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެންވަރުގެ ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށްދޭނެ ކަމަށް ވެސް މުއިއްވު ވިދާޅުވިއެވެ.

“ފުލުހުންގެ ޚިދުމަތް ބައެއް ރަށްރަށުގައި ވަރަށް ދަށް. އަޅުގަނޑުމެންގެ ސަރުކާރެއްގައި ހުރިހާ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެންވަރުގެ ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށްދޭނަން” މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މައިސް ޓޫރިޒަމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީކުރުމަށްޓަކައި، އޭދަފުށީގައި ކޮންވެންޝަން ސެންޓަރެއް އަޅައިދޭނެ ކަމަށް ވެސް މުޢިއްޒު ވަނީ ވައުދުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *