Ads by
ޚަބަރު
މީހަކު ރަހީނުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސްޓެޕް އައްޔަގެ ބަންދަށް 15 ދުވަސް

ބަޔަކާ ގުޅިގެން މީހަކު ރަހީނުކޮށް އަނިޔާކުރި ކަމުގެ ތުހުމަތުގައި އަލީ ޝާހިދު (ސްޓެޕް އައްޔަ) 43އ. ގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

Ads by Eki Online

ފުލުހުން ވިދާޅުވީ ސްޓެޕް އައްޔަ ހައްޔަރުކޮށްފައިވަނީ ބަޔަކާ ބައިވެރިވެގެން މާލޭގެ ގެއެއްގައި ފިރިހެނަކު ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށް، އަދި އޭނާގެ ބޭންކު އެކައުންޓުން ފައިސާ ޓްރާންސްފާ ކުރި މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ސްޓެޕް އައްޔަގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އޭނާގެ ބަންދަށް އެ ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.

މިއަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު ވެސް ސްޓެޕް އައްޔަ ހޯދަން ފުލުހުން އިއުލާން ކުރިއެވެ. އެރު ފުލުހުން އޭނާ ހޯދަމުން ގޮސްފައިވަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން އެ ކޯޓަށް ހާޒިރުކުރުމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *