Sunday, 9 February 2025
Ads by

އަސްލަމް އަދި ސަލީމްގެ އިތުބާރު ނެތް މައްސަލައިގެ ނޯޓިސް ފޮނުވައިފި

އަސްލަމް އަދި ސަލީމްގެ އިތުބާރު ނެތް މައްސަލައިގެ ނޯޓިސް ފޮނުވައިފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް-ޕީއެންސީ) ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް އެ 2 ބޭފުޅުންނަށް ފޮނުވައިފިއެވެ.

Ad Image
Ads by MN Maldives

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ, އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް މިއަދު މި 2 ބޭފުޅުންނަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 23 މެންބަރުންގެ ސޮއިއާއެކުގައެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށްބުނެ ހުށައެޅުއްވި މައްސަލާގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެން ނުވާނެކަމަށާއި، މުޅި ޤައުމުގެ ލާބައާއި މަންފާއަށް ރިޔާއަތްކުރައްވަން ޖެހޭނެކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މަޖިލީހުގެ ރައީސް މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަޤާމުން ވަކިކުރަން ހުށައެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއިއެކުއެވެ.

މަޖިލީހުގެ ރައީސާއި ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައި މިވަނީ ސަރުކާރުގެ ކެނބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީން ނިންމާފައިވަނިކޮށެވެ.

އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މިހާރު މަޖިލީހުގައި 57 މެންބަރުން ތިއްބަވާއިރު ސަރުކާރަށް ތާއިދު ކުރައްވާ ތިބީ 30 މެންބަރުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ
ibu mother
ކުރީގެ ރައީސް ޞާލިހްގެ މަންމާފުޅު އަވަހާރަވެއްޖެ