ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ދިރިއުޅެމުން އަންނަ ދަރިވަރަކު، އެތަނުގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އެ ކުއްޖާ މަރުވެފައި އޮއްވާ ފެނިފައިވަނީ ރޭ ދަންވަރު 2:30 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މިކަމުގެ މައުލޫމާތު ލިބުމާއިއެކު ފުލުހުންނާއި ސިފައިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
”އެކި އެމްވީ“ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 18 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް މީޑިއާ އޮފިޝަލް ހިއްސާކުރައްވައިފައެއް ނުވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.













