Saturday, 24 October 2026
Ads by

އެމެރިކާ ސިފައިންގެޔަށް ވަދެވޭ އުމުރު 42 އަހަރަށް މަތިކޮށްފި: މިއީ ”ވޯރ އޮން ޓެރަރ“ ގެ ހިތި ނަތީޖާ!

އެމެރިކާ ސިފައިންގެޔަށް ވަދެވޭ އުމުރު 42 އަހަރަށް މަތިކޮށްފި: މިއީ ”ވޯރ އޮން ޓެރަރ“ ގެ ހިތި ނަތީޖާ!

9/11 ގެ ފަހުން ހިނގި ހަނގުރާމަތަކުގައި ބައިވެރިވި ސިފައިންނަށް (ވެޓެރަނުންނަށް)، އަސްކަރީ ޚިދުމަތުގެ ސަބަބުން ކުރިމަތިވެފައިވާ ނުކުޅެދުންތެރިކަމުގެ ނިސްބަތް، ކުރީގެ ހަނގުރާމަތަކުގައި ބައިވެރިވި މީހުންނަށްވުރެ މާ ބޮޑަށްވެސް މައްޗެވެ

އެމެރިކާގެ އަސްކަރިއްޔާއަށް ސިފައިން ނުލިބުމުގެ މައްސަލަ ބޮޑުވެ، އެމެރިކާގެ އެއްގަމު ސިފައިންގެ (ޔޫ.އެސް އާމީ) ލަޝްކަރަށް ވަދެވޭ އެންމެ މަތީ އުމުރު 35 އަހަރުން 42 އަހަރަށް މަތިކޮށްފިއެވެ. ޕެންޓަގަންއިން މިއީ ޓެކްނިކަލް މީހުން ހޯދަން ކުރާ ކަމެއް ކަމަށް ބުނި ނަމަވެސް، ޙަޤީޤަތަކީ މިއީ ފާއިތުވި 20 އަހަރު އިސްލާމީ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެމެރިކާގެ ލަޝްކަރަށް ލިބުނު ފޫނުބެދޭ ގެއްލުންތަކުގެ ސަބަބުން މަޖުބޫރުވެގެން އެޅި ފިޔަވަޅެކެވެ.

Ad Image
Ads by
އެމެރިކާއާއި އެ ގައުމާ ގުޅިފައިވާ އިއްތިހާދުގެ އިތުރު އެތައް ލައްކަ ސިފައިންނެއް އިސްލާމީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމައިގެ މައިދާންތަކުގައި ޒަޚަމްވެފައިވާއިރު، ހަނގުރާމައިގެ ސަރަހައްދުތަކުގައި ލިބުނު އަނިޔާތަކުގެ ސަބަބުން އެމީހުންގެ ތެރެއިން އެތައް ބަޔަކު ވަނީ މަރުވެ ނުވަތަ ނުކުޅެދޭ ހާލަތަށް ގޮސްފައެވެ (މަސްދަރު: ބްރައުން ޔުނިވަސިޓީ)

އެނަލިޓިކަލް ނަޒަރު: ހަނގުރާމައިގެ އަސްލު އަގު (ބްރައުން ޔުނިވަރސިޓީގެ ތަފާސްހިސާބުތައް)
ބްރައުން ޔުނިވަރސިޓީގެ ”ކޮސްޓްސް އޮފް ވޯރ“ ޕްރޮޖެކްޓްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިސްލާމީ ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާއިން ދިގު މުއްދަތަކަށް ކުރި އަދި މިހާރުވެސް ކުރަމުންދާ ހަނގުރާމަތަކުން އެމެރިކާގެ އަސްކަރިއްޔާ ދަނީ ގޭނި ހަލާކުވަމުންނެވެ.

1. މާލީ އަދި އިންސާނީ ގެއްލުން: 9/11 ގެ ފަހުން އެމެރިކާއިން ކުރި ހަނގުރާމަތަކަށް 8 ޓްރިލިއަން ޑޮލަރަށްވުރެ ގިނައިން ޚަރަދުކޮށްފައިވާއިރު، 900،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ސަބަބުން އެމެރިކާގެ ވަސީލަތްތައް ވަނީ އިންތިހާއަށް މަދުވެފައެވެ.
2. އަމިއްލައަށް މަރުވުމުގެ ބޮޑު މައްސަލަ: މި ހަނގުރާމަތަކުގައި އެމެރިކާގެ 7,000 އަށްވުރެ ގިނަ ސިފައިން މަރުވި ނަމަވެސް، އެންމެ ބިރުވެރި ކަމަކީ ހަނގުރާމައިގެ މައިދާނުގައި މަރުވި ސިފައިންނަށްވުރެ 4 ގުނަ ގިނަ ސިފައިން އަމިއްލައަށް މަރުވެފައި (ސުއިސައިޑް) ވުމެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ބޭރު ޤައުމުތަކުގައި ކުށެއްނެތް އާންމުންނާ ދެކޮޅަށް ހިންގި ޤަތުލުޢާންމުތަކާއި އަނިޔާވެރިކަމުގެ ސަބަބުން ސިފައިންނަށް ކުރިމަތިވި ނަފްސާނީ ބަލިމަޑުކަމެވެ.
3. ނުކުޅެދޭ ލަޝްކަރެއް: މިއަދު އެމެރިކާގެ 1.8 މިލިއަނަށްވުރެ ގިނަ ވެޓެރަނުންނަކީ (ކުރީގެ ސިފައިންނަކީ) ނުކުޅެދޭ މީހުންނެވެ. އެމީހުންގެ ސިކުނޑިއާއި ހަށިގަނޑު ވަނީ ހަނގުރާމަތަކުގައި ހަލާކުވެފައެވެ.
4. ތާރީޚީ ހަގީގަތް: މީގެ ކުރިން އުމުރު 42 އަށް މަތިކުރީ 2006 ގައި އިރާޤު ހަނގުރާމައިގެ ތެރޭގައި ސިފައިން މަދުވެގެންނެވެ. މިއަދު އަނެއްކާވެސް އުމުރު މަތިކުރުމަކީ، ހަނގުރާމަވެރިން ދިން ގެއްލުންތަކުގެ ވަރުބަލިކަމާ އެމެރިކާ ކުރިމަތިލަމުންދާކަމުގެ ސާފު ހެތްކެކެވެ.

އިސްތިޢުމާރީ ބޮޑާކަމުގެ ނިމުމާއި ފިކުރީ ނާކާމިޔާބީ
އެމެރިކާއިން އެތައް އަހަރެއް ވަންދެން ހީކުރީ އެމީހުންގެ އަސްކަރީ ބާރުވެރިކަމުގެ ސަބަބުން، ދުނިޔޭގައި އެމީހުން ހިންގާ ޖަރީމާތަކުގެ ނަތީޖާއާ ދުވަހަކުވެސް ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، ސީއައިއޭގެ ކުރީގެ އޮފިސަރު މައިކަލް ޝުއަރ ފަދަ ފަރާތްތަކުންވެސް އެއްބަސްވާ ފަދައިން، އިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ ވަނީ ސްޓްރެޓީޖިކް ގޮތުން ބޮޑުތަނުން ބަލިވެފައެވެ.

އެމެރިކާ ބަލިވީ ހަމައެކަނި އަސްކަރީ މައިދާނަކު ނޫނެވެ؛ ފިކުރީ ހަނގުރާމައިންވެސް އެމެރިކާ ވަނީ ފެއިލްވެފައެވެ. ބޮންއަޅައިގެން ޤައުމުތައް ސުންނާފަތިކޮށް، އެމެރިކާގެ މަޞްލަޙަތު ޙިމާޔަތްކުރާނެ ޚުދުމުޚުތާރު ވެރިން ލުމުން ލިބުނު ”މިނިވަންކަމެއް“ ނެތެވެ؛ އޭގެ ބަދަލުގައި މުޅި ސަރަޙައްދު ވަނީ ހަލާކުވެފައެވެ. އެމެރިކާގެ މުނާފިޤުކަން ފެނި، ޢާންމު މުސްލިމުން މިއަދު ވަނީ ހުޅަނގުން ގަދަކަމުން ފަތުރަން މަސައްކަތްކުރަމުންދާ އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފު ލާދީނީ ފިކުރުތައް ބަލައިގަތުމަށް ފާޅުގައި ދެކޮޅުހަދާފައެވެ. އަދި އެމެރިކާގެ އިސްތިއުމާރީ އެޖެންޑާތަކަށް ދެލޯހުޅުވިފައެވެ.

އެމެރިކާގެ ބޮޑާކަމާއި އަނިޔާވެރިކަމުގެ ނަތީޖާއަކަށްވީ، ކުރިއަށްވުރެ މާ ވަރުގަދައަށް، އަދި މާ ފުޅާކޮށް އިސްލާމީ ޞައްޙަ އުޞޫލުތަކަށް އުންމަތް ގޮވާލަން ފެށުމެވެ. އެޔަށް ހިތްޖެހިވެފައިވާ އެތަކެއް ޒުވާނުންނެއް އުފެދުމެވެ. މިއަދު އެމެރިކާގެ އަސްކަރިއްޔާ އޮތީ އޭގެ ޚިދުމަތަށް ޒުވާނުންވެސް ނުލިބި އެކިގޮތްގޮތުން އޭގެ ބާރުވެރިކަން ދަށްވެފައެވެ. އަދި އެމެރިކާއިން އަޅުވެތިކުރަން އުޅުނު އިސްލާމީ އުންމަތް މިއަދު ފެންނަނީ ހުޅަނގުގެ ބާރުވެރިކަމާ ދެކޮޅަށް ފިކުރީ ގޮތުން މާ ބޮޑަށް ހޭލާފައިވާ ތަނެވެ. އަސްކަރީ ގޮތުންވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެމެރިކާޔާ އޭގެ އައުވާނުންނާ ދެކޮޅަށް ތެދުވެ ވަރުގަދަވަމުން އަންނަ ތަނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި