ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އެ މަގާމުން އިސްތިއުފާދެއްވިކަން ބަޔާންކޮށް އަމްޖަދު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސްނީ މުބާރިކަށް ސިޓީވެސް ފޮނުވައިފައެވެ. ނަމަވެސް އެ ސިޓީގައި އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
އަމްޖަދު ޗީފް ޖުޑިޝަލް އެޑްމިނިސްޓާގެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު އައްޔަންކުރީ އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެ އަދި އެންމެ މަތިން މާކްސް ލިބިގެންނެވެ.
އަމްޖަދުގެ ކުރިން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާގެ މަގާމުގައި ހުންނެވީ އައިޝަތު ރިޒްނާ އެވެ.












