Sunday, 26 July 2026
Ads by

ފެމެލީ ކޯޓުގެ އިސް ގާޒީ ކަމަށް އަބްދުﷲ ނަޝީދު އައްޔަނުކުރަން ނިންމައިފި

ފެމެލީ ކޯޓުގެ އިސް ގާޒީ ކަމަށް އަބްދުﷲ ނަޝީދު އައްޔަނުކުރަން ނިންމައިފި

ފެމެލީ ކޯޓަށް އިސް ގާޒީ ކަމަށް އަލްއުސްތާޒު އަބްދުﷲ ނަޝީދު އައްޔަނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

Ad Image
Ads by

ޖޭއެސްސީން މިއަދު ކުރި އިއުލާނުގައި ބުނީ ފެމެލީ ކޯޓަށް އިސް ގާޒީއަކު ހޯދުމަށް ކުރި އިއުލާނުގެ ދަށުން ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު އިސް ގާޒީ ކަމަށް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ އެ ކޯޓުގެ ގާޒީ ޢަބްދުﷲ ނަޝީދުގެ ނަންފުޅު ކަމަށެވެ.

ޖޭއެސްސީން ބުނީ ފެމެލީ ކޯޓަށް އިސް ގާޒީއަކަށް ނަޝީދު އައްޔަނުކުރަން ނިންމީ އެ ކޮމިޝަނުން މިއަދު ބޭއްވި ޖަލްސާގައި ކަމަށެވެ.

ގާޒީ ނަޝީދަކީ ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީން މާސްޓާ އޮފް ލޯ އަދި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ޝަރުއީ ދާއިރާގައި 21 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ނަޝީދު ވަނީ މީގެ ކުރިން ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުކަމާއި ނ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓުކަމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ އިތުރުން ފެމެލީ ކޯޓުގެ ގާޒީކަންވެސް ކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި