Saturday, 24 October 2026
Ads by

ވިޔަފާރިތަކަށް ޑޮލަރު ދޫކުރުން ހުއްޓާލިކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް: ބީއެމްއެލް

ވިޔަފާރިތަކަށް ޑޮލަރު ދޫކުރުން ހުއްޓާލިކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް: ބީއެމްއެލް

ބީއެމްއެލްގެ މައި އިދާރާ--- ފޮޓޯ: އެކި އެމްވީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ހުއްޓާލާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ހަބަރެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.

Ad Image
Ads by

ބީއެމްއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ވިޔަފާރިތަކަށް ޑޮލަރު ވިއްކުމުގައި އަމަލުކުރަމުންދާ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށާއި އަދި ކޮންމެ ވިޔަފާރިއަކަށް ވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ޓީޓީ ފޮނުވުމަށް މެދުނުކެނޑި ޑޮލަރު ވިއްކަމުންދާ ކަމަށެވެ. އެގޮތުން މި ހިނގާ އޭޕްރީލް މަހުގެ ތެރޭގައި ވެސް ޓީޓީ ހެދުމަށް ޑޮލަރު ބޭނުންވި ކޮންމެ ކަސްޓަމަރަކަށް، އެ ކަސްޓަމަރަކަށް ދެވޭނެ އެންމެ ބޮޑު އަދަދަކަށް ޑޮލަރު ވިއްކާފައިވާނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.

މިހާތަނަށް ޓީޓީ ހަދަން ޑޮލަރުގެ އެހީއަށް އެދިފައިވާ އެއްވެސް ވިޔަފާރިއަކަށް އެހީތެރިކަން ފޯރުކޮށްނުދެވި ނުވާ ކަމަށާއި ނަމަވެސް، ބައެއް ހާލަތްތަކުގައި ވިޔަފާރީގެ ޓީޓީއަށް ބޭނުންވާ ޖުމްލަ އަދަދު ބޭންކުން ނުދެވުން އެކަށީގެންވާ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ރާއްޖެއަށް ބޭންކް މެދުވެރިކޮށް ވަންނަ ފައިސާއަށްވުރެ ރާއްޖެއިން ބޭރަށް ބޭންކް މެދުވެރިކޮށް ފޮނުވާ ފައިސާގެ އަދުދު މި ދުވަސްވަރު އިތުރުވެފައިވީ ނަމަވެސް، ބޭންކުން އަންނަނީ ބޭރު ފައިސާގެ ލިކުއިޑިޓީ ހަރުދަނާކަމާއެކު ބަލަހައްޓައި، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް 106.2 މިލިއަން ޑޮލަރު ވަނީ ވިއްކައިއެވެ. އެއީ މަހަކަށް އެވްރެޖްކޮށް 35.4 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ އެވްރެޖް މަހަކު 14.6 މިލިއަން ޑޮލަރާ އަޅާބަލާއިރު 142 އިންސައްތަ އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ. މި އަހަރުގެ މިހާތަނަށް ޖުމުލަ 38,855 ޓީޓީއަށް ބޭރު ފައިސާ ދޫކޮށްފައިވާއިރު، މި ހިނގާ އޭޕްރީލް މަހު އެކަނިވެސް 6,800 އަށްވުރެ ގިނަ ޓީޓީއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން އިއްޔެ އެކަނިވެސް 327 ޓީޓީއަށް ނުވަ ލައްކައަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާ ކަމަށް ބޭންކުން ވަނީ މައުލޫމާތު ދީފައެވެ.

ބީއެމްއެލްއިން ބުނެފައިވަނީ، އެ ބޭންކުގެ ކަސްޓަމަރުންނާއި މުޖުތަމައުގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް، ޒިންމާދާރުކަމެއް ނެތި ދޮގު ހަބަރު ނުފެތުރުމަށް އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި