Monday, 14 September 2026
Ads by

އިންޑިއާ ސިފައިން އަރާނީ ހަމައެކަނި މަސް ދޯންޏަކަށް ނޫން، މާލެވެސް އަރާފާނެ: ރައީސް ނަޝީދު

އިންޑިއާ ސިފައިން އަރާނީ ހަމައެކަނި މަސް ދޯންޏަކަށް ނޫން، މާލެވެސް އަރާފާނެ: ރައީސް ނަޝީދު

ފޮޓޯ: މީސް މީޑިޔާ

އިންޑިއާ ސިފައިން އަރާނީ ހަމައެކަނި ދިވެހި މަސް ދޯންޏަކަށް ނޫން ކަމަށާއި، އިންޑިއާ ސިފައިން އެންމެ ފަހުން މާލެވެސް އަރާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިންޑިއާ ސިފައިން ރާއްޖޭގެ މަސް ދޯންޏަކަށް ހަތިޔާރާއެކު އެރި ވީޑިއޯތަކެއް އާންމު ވެފައިވަނިކޮށް ނަޝީދު ޓޫރިޒަމް އިންޑަސްޓްރީ މޯލްޑިވްސް ނަމަކަށް ކިޔާ ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ، ”އަސްލަށް ވިސްނުމަށާއި އަދި ނިދިން ހޭލަން ޖެހޭކަމަށް“ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ވަޓްސްއަޕް މެސެޖުތަކުގައި އިތުރަށް ވިދާޅުވީ، އިންޑިއާގެ ވެރިކަމުގައި ކޮންމެ ޕާޓީއެއް އޮތްނަމަވެސް، އިންޑިއާގެ ބޭރުގައި އޮތް މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮވެފައިވާ ކަމުގައެވެ. އަދި ރާއްޖެ އެގޮތުގައި ދެމިއޮތީ ބާރުގެ ބޭނުންކޮށްގެން ނޫންކަމަށާއި، އަދި އެއީ ވަތަނީ ވިސްނުން އިސްކޮށްގެންވެސް ނޫންކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ދިވެހި ރުފިޔާގެ ހިފަހައްޓާފައި އޮތް ޑޮލަރުގެ އަގު ދޫކޮށްލަން ޖެހޭ ކަމަށާއި، ޗައިނާއަށް އިންޑިއާ ކަޑުގެ ފުނާއި ހަމައަށް ދިއުމަށް އަދި 30 އަހަރު ނަގާނެ ކަމަށް ރައީސް ނަޝީދު ބުނެފައިވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އަސުރުމާ3، ނިރު7 އަދި މާހޯރަ3 މި ތިން ދޯންޏަށް އިންޑިއާގެ ދެ ކޯސްޓްގާޑް ކައިރިކޮށް ސިފައިން އަރާފައިވާ އިރު، އެ ދޯނިތަކުގައި ހަތިޔާރާއެކު ބޭރުގެ ސިފައިން ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯތައްވެސް މިހާރު ދަނީ ދައުރުވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260914_202123
ކޮލްކަތާގެ މުސްލިމް ކޮލަނީއަކުން ފެން ކަނޑާލާފައިވާތާ 46 ދުވަސް، ކައިރި ހިންދޫންގެ ހިސާބުތަކަށް ފެންލިބޭ!
810119462_1642450940631260_7645542437113783995_n
ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރި 2 ބިދޭސީއަކު އިމިގްރޭޝަނުުގެ ބެލުމުގެ ދަށަށް!
Ihusaan
ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ 12 ބިދޭސީއެއްގެ މައްސަލަ ބަލަނީ
472483_f23f3663-7_
މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް، ރާއްޖެ ވަޑައިގެންފި
Ads by
މަގުބޫލު
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
yameen corrupt
ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި