Saturday, 24 October 2026
Ads by

އޭއައި ރެގިއުލޭޓްކުރުމަށް ޚާއްޞަ ބިލެއް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅަނީ

އޭއައި ރެގިއުލޭޓްކުރުމަށް ޚާއްޞަ ބިލެއް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅަނީ

މޯލްޑިވްސް 2.0 އިނީޝިއޭޓިވްގެ ދަށުން ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ބެހޭ ޚާއްޞަ ބިލެއް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޭއައިގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގައި، އޭއައިގެ ބޭނުން ނުހަމަގޮތުގައި ހިފައި، މީހުންނަށް ގަނާކޮށް ފުރައްސާރަކުރުމަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގަމުންދާކަން ފާހަގަކުރިއެވެ. އަދި ޓެކްނޮލޮޖީގެ ގޮތުން ރާއްޖެ ކުރިއަށްދާއިރު، މިފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް އޭއައި ކޮންޓްރޯލްކުރާނެ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ކޮބައިތޯ ނޫސްވެރިޔާ ސުވާލުކުރިއެވެ.

ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މޯލްޑިވްސް 2.0 ގެ ދަށުން ތިން ބިލެއް މިހާރު ހިނގަމުންދާ ދައުރުގައި މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މީގެ ތެރޭގައި އޭއައިއާ ބެހޭ ބިލެއްވެސް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”ވަރަށް އަވަހަށް އޭއައި ބިލެއްވެސް މަޖިލީހަށް ހުށަހަޅާނަން. އެއީ ވަކި ބިލެއްގެ ގޮތުގައި ނޫނީ މިހާރު ތައްޔާރުކުރާ ބިލުތަކުގެ ތެރޭގައި ހިމަނައިގެން ނަމަވެސް، މަޖިލީހަށް އެ ބިލު ވަރަށް އަވަހަށް ދާނެ. އެއީ ކޮންމެގޮތެއްވިޔަސް ޑިޖިޓަލައިޒޭޝަންގެ ތެރެއަށް ދާއިރުގަ ސަފުގަ އެންމެ ކުރީގަ އަޅުގަނޑުމެން ތިބޭކަމުގަ ވާނަމަ އެމްބްރޭސް ކުރަން ޖެހޭނެ ކަމެއް. އޭއައި އެމްބްރޭސް ކުރާއިރުގަ އޭއައިއަކީ ގާނޫނީ ނިޒާމެއްގެ ތެރެއަށް ވަދެގެންދާ ރެގިއުލޭޓް ކުރެވޭ ނުވަތަ އެއާގުޅޭ ކަންކަން ބަޔާންކުރެވިފައި ހުންނަ ކަމަކަށް ވާންޖެހޭ“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ސަފުގައި ރާއްޖެ އެންމެ ކުރީގައި އޮންނަން ބޭނުންވާނަމަ، އޭއައި ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ބަލައިގަންނަންޖެހޭނެ ކަމަށެވެ. ނަމަވެސް، އެފަދަ ޓެކްނޮލޮޖީތައް ބޭނުންކުރަންވާނީ ޤާނޫނީ ނިޒާމެއްގެ ތެރެއިން ރެގިއުލޭޓް ކުރެވިގެން ކަމަށާއި، އޭއައިއާ ގުޅޭ ކަންކަން ބަޔާންކުރެވިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ރާއްޖޭގެ ޤާނޫނީ އޮނިގަނޑު ޒަމާނީ ޓެކްނޮލޮޖީއަށް ފައްކާކޮށް، އޭގެ ނޭދެވޭ އަސަރުތަކުން ރައްޔިތުން ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މި މަސައްކަތުގައިވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިރުޝާދުގެ ދަށުން މަޖިލީހުންވެސް ބޭނުންވާ އެއްބާރުލުން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި