Sunday, 27 September 2026
Ads by

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މޫސާ ފަތުޙީ އައްޔަނުކުރައްވައިފި

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މޫސާ ފަތުޙީ އައްޔަނުކުރައްވައިފި

ޕީއެންސީގެ އެސްޖީ އުސްތާޛު މޫސާ ފަތުޙީ...

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް މިއަދު އައްޔަނުކުރައްވައިފިއެވެ. މި މަޤާމަށް ފަތުޙީ އައްޔަނުކުރެއްވުމާ ގުޅިގެން ޕާޓީގެ ފަރާތުން ވަނީ އޭނާއަށް މަރުޙަބާ ދަންނަވާފައެވެ.

Ad Image
Ads by

މޫސާ ފަތުޙީ އަކީ ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. މި މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން ފަތުހީ ހުންނެވީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަާމުގައެވެ. މީގެ އިތުރުން، އޭނާ ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މެންބަރުކަމާއި، އަތޮޅު ކައުންސިލްގެ ރައީސްކަން ފަދަ މުހިންމު މަޤާމުތައް ވެސް ފުރުއްވާފައެވެ.

ފަތުޙީ މި މަޤާމަށް އައްޔަނުކުރައްވާފައިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި މުޢާޒް ހަލީމް އެމަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މަޤާމުން އިސްތިއުފާ ދެއްވިކަން އިޢުލާން ކުރައްވަމުން މުޢާޒް ވިދާޅުވީ، ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާޓީގެ ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރެއްވުމަށް ފައްޓަވާފައިވާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދެއްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުން މުހިންމު މަޤާމަކަށްވާތީ، އެ މަޤާމުން އިސްތިއުފާ ދެއްވީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުޢާޒް އިސްތިއުފާ ދެއްވުމާ ގުޅިގެން ޕީއެންސީން ވަނީ އޭނާ އެ މަޤާމުގައި ހުންނަވާ އެޕާޓީއަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި