ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލޯނުތަކަށް ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ނަގަމުންދިޔަ އޯވަޑިއު އިންޓަރެސްޓް ރޭޓް ދަށްކޮށްފިއެވެ.

Ads by Midnight Munch MV
އޯވަޑިއު އިންޓަރެސްޓްގެ ގޮތުގައި އެންމެ ފަހުން ނެގީ 2 ޕަސަންޓެވެ. ނަމަވެސް މިހާރު ވަނީ އެ އަދަދު 0.5 ޕަސަންޓަށް ދަށްކޮށްފައެވެ. ބީއެމްއެލް އިން މިބަދަލު ގެނައުމަށް ނިންމީ ބޭންކްގެ ބޯޑު މެންބަރުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުގައެވެ.
ބީއެމްއެލް އިން އޯވަޑިއު އިންޓަރެސްޓްގެ ގޮތުގައި ނަގަމުން ދިޔަ އަދަދު މިދިޔަ އަހަރުގެ އޭޕްރީލް މަހު ދެ ޕަސަންޓަށް ކުޑަކުރުމުގެ ކުރިން ނަގަމުން ދިޔައީ 10 ޕަސަންޓެވެ.
އޯވަޑިއު އިންޓަރެސްޓް ކުޑަކުރި ނަމަވެސް ލޯނު ތަކަށް ގަވައިދުން ފައިސާ ދެއްކުމަށް ބީއެމްއެލް އިން އިލްތިމާސްކޮށްފައިވެއެވެ.