މި އަންނަ މަހު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބޭރުގެ 6 ގައުމެއްގައި ވޯޓްފޮށި ބަހައްޓަން ނިންމައިފިއެވެ.

Ads by Midnight Munch MV
އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ ވޯޓްފޮށި ބަހައްޓަން ނިންމީ
- އިންޑިއާގެ ޓްރިވަންޑްރަމް
- މެލޭޝިއާގެ ކުއަލަލަމްޕޫރް
- ސްރީ ލަންކާގެ ކޮލަމްބޯ
- ތައިލެންޑްގެ ބެންކޮކް
- އިނގިރޭސިވިލާތުގެ ލަންޑަން
- ދުބާއީ
މީގެ އިތުރުން މި ފަހަރު ވޯޓްފޮށި ބަހައްޓަން ނިންމާފައި ވަނީ ޖުމްލަ 37 ރިސޯޓެއްގައެވެ.
20 ވަނަ މަޖިލީހަށް ޖުމްލަ 93 މެންބަރުން އިންތިހާބު ކުރާނެއެވެ.
މަޖިލިސް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ މާޗް 17 ގަ އެވެ. މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 30 އިން ފެށިގެން މި މަހުގެ 14 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.