Sunday, 25 October 2026
Ads by

ވިނަރެސް ފްލެޓްގެ އަގު ކުޑަކޮށްފި

ވިނަރެސް ފްލެޓްގެ އަގު ކުޑަކޮށްފި

ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްގީކުރަން ފެށި ވިނަރެސް ފުލެޓުތަކުގެ އަގު ކުޑަކޮށް، މަހަކު ދައްކަން ޖެހޭ އަދަދުން އެވްރެޖްކޮށް 4،200 ރުފިޔާ ދަށްކޮށްފިއެވެ.

Ad Image
Ads by

މިއަދު އެޗްޑީސީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މި ފްލެޓްތަކުގެ ވެރިފަރާތްތަކުގެ އެދުމުގެ މަތިން ކުލި ދެެއްކުމުގައި ސަރުކާރުން އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ”ލީޒް ޓު އޯން މޮޑެލް“ގެ އިންޓްރަސްޓް ރޭޓް 9 އިންސައްތަ އިން 6 އިންސައްތައަށް ބަދަލުކުރުމުގެ އިތުރުން ފްލެޓްތަކުގެ ޑައުންޕޭމަންޓްގެ 50 އިންސައްތަ ކުޑަކުރެވި، ކުޑަކުރެވުނު 50 އިންސައްތަ ފްލެޓްގެ އަގުން އުނިކުރެވިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. މިއާއެކު، ޑައުންޕޭމަންޓް ދެއްކުމަށް ދެވިފައިވާ 3 މަހުގެ ބަދަލުގައި 6 މަސް ދުވަހުން ޑައުންޕޭމަންޓް ދައްކާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން 6 އިންސައްތަ އިންޓަރެސްޓް ރޭޓްގައި ފުލެޓަށް މަހަކު ދައްކަންޖެހޭ އަދަދުން އެވްރެޖްކޮށް 4،200 ރުފިޔާ މިހާރު ވަނީ ކުޑަކުރެވިފައިކަމަށާއި، މި ޑިސްކައުންޓަކީ ފްލެޓްގެ އަގުން ދެވޭ ޑިސްކައުންޓެއްގެ ގޮތުގައި ހަމަޖެހިފައިވާކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.

ވިނަރެސް ފުލެޓުތަކުގެ ކުލި ކުޑަކުރަން ނިންމައި، ރައީސް ޑރ. މުޢިއްޒު އެކަން އިއުލާނު ކުރެއްވީ ހުސްވި ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.

މި ބަދަލާ ގުޅިގެން އެއްބަސްވުމަށް އަންނަ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި