Wednesday, 9 September 2026
Ads by

ގުޅީފަޅުން 160 އަށްވުރެ ގިނަ ގޯތި ހަވާލުކޮށްފި

ގުޅީފަޅުން 160 އަށްވުރެ ގިނަ ގޯތި ހަވާލުކޮށްފި

ގުޅީފަޅުން ގޯތި ދޫކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ--- ފޮޓޯ: ޕީއެސްއެމް

”ބިންވެރިޔާ“ ސްކީމްގެ ދަށުން ގުޅީފަޅުން މިހާތަނަށް 160 އަށްވުރެ ގިނަ ގޯތި ހަވާލުކޮށްފައިވާކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފިވެ.

Ad Image
Ads by

ގުޅީފަޅުން އަލުން ގޯތި ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ، އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުގައެވެ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އެހައި ބޮޑު ބަދަލެއް ގެނެސްފައިމިވަނީ، ކުރިއަށް އޮތްތަނުގައި އެތަނުގައި ދިރިއުޅޭނެ އާބާދީއަށް އެކަށީގެންވާ ހިދުމަތްތަކެއް ގާއިމުކުރުމުގެ ގޮތުންނެވެ.

ގުޅީފަޅުން ބިން ލިބުނު މީހުންނަށް ގޯތި ލިބޭ ސަރަހައްދާއި ޕްލޮޓް ކަނޑައެޅުމަށް، އާ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް މިހާރު ވަނީ ގުރުއަތު ނަގައިފައެވެ. މީގެ އިތުރުން އެއްބަސްވުމުގައި ސޮއިކުރުމާއި، ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ހަލުވި ދުވެލީގައި ކުރަމުންނެވެ. އެގޮތުން މިހާތަނަށް ޖުމުލަ 2،972 ފަރާތަކާއިއެކު ގޯތީގެ އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރެވިފައިވާކަމަށް ހައުސިން މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. އެއާއިއެކު 169 ފަރާތަކަށް ގޯތި ވަނީ ހަވާލުކުރެވިފައެވެ.

ގުޅީފަޅުން ޖުމުލަ ހަތް ސައިޒެއްގެ ގޯތި ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި، 1،250 އަކަފޫޓާއި 3،650 އަކަފޫޓާއި ދެމެދުގެ ސައިޒުގެ ގޯތިތައް ހިމެނެއެވެ.

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތަފްސީލް:

  • 1،250 އަކަފޫޓުގެ 669 ގޯތި
  • 1،650 އަކަފޫޓުގެ 1،234 ގޯތި
  • 2،050 އަކަފޫޓުގެ 916 ގޯތި
  • 2،450 އަކަފޫޓުގެ 473 ގޯތި
  • 2،850 އަކަފޫޓުގެ 158 ގޯތި
  • 3،250 އަކަފޫޓުގެ 49 ގޯތި
  • 3،650 އަކަފޫޓުގެ 21 ގޯތި

ގުޅީފަޅުން ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންއަންނައިރު، އެ ސަރަހައްދު ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން މަގުތައް ތަރައްގީކުރުމާއި، ފެނާއި ނަރުދަމާ ގާއިމްކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް މިހާރު ވަނީ ހަވާލުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު