Wednesday, 9 September 2026
Ads by

މާލޭސިޓީ ކައުންސިލްގެ އެންމެ ހާޒިރީ ދަށް ކައުންސިލަރުން!

މާލޭސިޓީ ކައުންސިލްގެ އެންމެ ހާޒިރީ ދަށް ކައުންސިލަރުން!

މާލޭސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލަރުންގެ ހާޒިރީގެ ތަފްސީލް ހާމަކުރި އިރު، ބައެއް ކައުންސިލަރުންގެ ހާޒިރީ ދަށްވުމުގެ ސަބަބުން، މުސާރައިން ބޮޑު އަދަދެއް އުނިކޮށްފައިވާކަން ހާމަވެއްޖެއެވެ.

Ad Image
Ads by

މިކަން ހާމަވެގެން ގޮސްފައިމިވަނީ މާލޭސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ބައެއް ކައުންސިލަރުން މަސައްކަތަށް ހާޒިރުވުމުގައި ބޮޑެތި އިހުމާލުތަކެއް ވަމުންދާކަން، މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (އާރުޓީއައި) ގެ ދަށުން  އާންމު ފަރާތަކުން ހޯދި މަޢުލޫމާތުތަކުންނެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި އާރުޓީއައި އަކަށް ކައުންސިލުން ދީފައިވާ ޖަވާބުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީ އަދި ފެބުރުވަރީ މަހު ބައެއް ކައުންސިލަރުން ގަޑިއަށް ހާޒިރުނުވުމާއި، މަސައްކަތަށް ނުކުމެފައިނުވާތީ މުސާރައިން ބޮޑެތި އަދަދުތަކެއް ވަނީ އުނިކޮށްފައެވެ.

އަމިއްލަ ފަރާތަކުން އާރުޓީއައި ހުށަހެޅުމުން ހިއްސާކުރި މާލެސިޓީ ކައުންސިލަރުންގެ ހާޒިރީ ތަފްސީލް..

ޖެނުއަރީ މަހުގެ ހާޒިރީ:
ޖެނުއަރީ މަހު މަސައްކަތަށް ހާޒިރުނުވުމުގެ ސަބަބުން އެންމެ ބޮޑު އަދަދެއް މުސާރައިން އުނިކޮށްފައިވަނީ ކައުންސިލަރު އާމިނަތު ޔުމްނާ (T14) ގެއެވެ. އެގޮތުން އޭނާގެ މުސާރައިން 19,333.33 ރުފިޔާ އުނިކޮށްފައިވާއިރު، މިއީ އެ މަހުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި އޭނާ މަސައްކަތަށް ހާޒިރުނުވާކަން އަންގައިދޭ އަދަދެކެވެ. ދެވަނައަށް އެންމެ ގިނަ ދުވަހު ހާޒިރުނުވެގެން މުސާރައިން ފައިސާ އުނިކޮށްފައިވަނީ މަރިޔަމް ރީހާން ނާޒިމް (T07) ގެއެވެ. އެއީ 3,866.67 ރުފިޔާއެވެ.

ގަޑިއަށް ހާޒިރުނުވުމުގެ ސަބަބުން ޖެނުއަރީ މަހު އެންމެ ބޮޑު ޖޫރިމަނާއެއް އައީ ފާތިމަތު އިޝާން އަލީ (T11) އަށެވެ. އޭނާ 3,219.29 ރުފިޔާއިން ޖޫރިމަނާ ކުރިއިރު، މިއީ މި ދެ މަސްދުވަހުގެ ތެރޭގައި ގަޑިޖެހިގެން މީހަކު ޖޫރިމަނާކުރި އެންމެ މަތީ އަދަދެވެ. ދެވަނައަށް އެންމެ ބޮޑު ޖޫރިމަނާއެއް އައީ އިބްރާހީމް އަބޫބަކުރު (T16) އަށެވެ. އެއީ 2,340.51 ރުފިޔާއެވެ.

ފެބުރުވަރީ މަހުގެ ހާޒިރީ:
ފެބުރުވަރީ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަސައްކަތަށް ހާޒިރުނުވެގެން އެންމެ ބޮޑު އަދަދެއް އުނިކޮށްފައިވަނީ އާމިނަތު ޔުމްނާ އަދި މުޙައްމަދު ސައިފް ފާތިޙް (T06) ގެ މުސާރައިންނެވެ. މިއިން ކޮންމެ ބޭފުޅެއްގެ މުސާރައިން 9,666.67 ރުފިޔާ އުނިކޮށްފައިވެއެވެ. މިއީ މަހުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ދުވަހު މަސައްކަތަށް ހާޒިރުނުވާކަން އަންގައިދޭ އަދަދެކެވެ.

މި މަހު ގަޑިއަށް ހާޒިރުނުވެގެން އެންމެ ބޮޑު ޖޫރިމަނާއެއް އައީ އަލީ އައިމަން (T01) އަށެވެ. އެއީ 2,018.28 ރުފިޔާއެވެ. އަދި ފާތިމަތު އިޝާން އަލީގެ މުސާރައިން ގަޑިޖެހުމުގެ ޖޫރިމަނާގެ ގޮތުގައި 2,217.47 ރުފިޔާ އުނިކޮށްފައިވެއެވެ.

ރައްޔިތުންގެ ފައިސާއިން މުސާރަދޭ ކައުންސިލަރުންގެ ހާޒިރީ މައްސަލަތައް ފެންމަތިވުމަކީ ކަންބޮޑުވުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ހަތަރުވަނަ ދައުރުގެ ފުރަތަމަ މޭޔަރ ޑރ. މުޢިއްޒުއަށްފަހު އެމްޑީޕީގެ މޭޔަރ އާދަމް އާޒިމް ހަވާލުވުމާއި ހަމައިން ސިޓީ ކައުންސިލްގެ ހިންގުންތެރިކަމާ މެދު އާންމުންގެ ފާޑުކިޔުން ކައުންސިލަށް އަމާޒުވެފައިވެއެވެ. އެހެންނަމަވެސް މާލޭގެ މޭޔަރު ކަމަށް 10 ހާސް ވޯޓުވެސް ހަމަނުވެ އާޒިމް ވަނީ ދެވަނަ ދައުރު ކަށަވަރު ކުުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި