Wednesday, 9 September 2026
Ads by

18 އަހަރަށްފަހު ތޮއްޑޫ ދާއިރާއިން ރީނދޫކުލަ ފޮހެލައި، ވިލުނޫ ކުލަޔަށް !

18 އަހަރަށްފަހު ތޮއްޑޫ ދާއިރާއިން ރީނދޫކުލަ ފޮހެލައި، ވިލުނޫ ކުލަޔަށް !

ވޭތުވެދިޔަ 18 އަހަރު ދުވަހު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ބޮޑު ތާޢީދެއް އޮތް ތޮއްޑޫ ދާއިރާގެ ސިޔާސީ މަންޒަރު ބަދަލުވެ، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ދާއިރާގެ މުހިންމު ގޮނޑިތަކެއް ކާމިޔާބުކޮށްފިއެވެ.

Ad Image
Ads by

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، މި ދާއިރާގައި ހިމެނޭ ތޮއްޑޫ، އުކުޅަސް އަދި ރަސްދޫގެ ކައުންސިލް ރައީސުން ހޮވުމަށް ބޭއްވި އިންތިޚާބުތަކުގައި ޕީއެންސީގެ ކެންޑިޑޭޓުން ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މިއީ ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީގެ ބާރުގަދަ ކިއްލާއެއްގެ ގޮތުގައި އޮތް މި ދާއިރާއިން އެ ޕާޓީގެ ”ރީނދޫކުލަ“ ފޮހެވިގެންދިޔަ ތާރީޚީ ނަތީޖާއެއްގެ ގޮތުގައި ޕީއެންސީން ސިފަކުރެއެވެ.

ތޮއްޑޫ ކައުންސިލް ރައީސް:
ތޮއްޑޫ ކައުންސިލްގެ ރައީސްކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އާދަމް ނަވީން ވަނީ 624 ވޯޓު (51.49 އިންސައްތަ) ހޯއްދަވައިގެން ގޮނޑި ކާމިޔާބު ކުރައްވާފައެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ހަސަން ނަސީފަށް ލިބިވަޑައިގަތީ 588 ވޯޓު (48.5 އިންސައްތަ) އެވެ.

އުކުޅަހު ކައުންސިލް ރައީސް:
އުކުޅަހު ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އަލީ ވަހީދު ކާމިޔާބު ކުރެއްވީ 386 ވޯޓު (55.30 އިންސައްތަ) ހޯއްދަވައިގެންނެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ޝައުކަތު އިބްރާހިމަށް ލިބިވަޑައިގަތީ 312 ވޯޓު (44.70 އިންސައްތަ) އެވެ.

ރަސްދޫ ކައުންސިލް ރައީސް:
ރަސްދޫ ކައުންސިލްގެ ރައީސްކަން ވެސް ކާމިޔާބު ކުރީ ޕީއެންސީންނެވެ. އެ ޕާޓީގެ ކެންޑިޑޭޓް އަހުމަދު ވަހީދު 388 ވޯޓު (50.26 އިންސައްތަ) ހޯއްދެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ޝަފީގަށް ލިބިވަޑައިގަތީ 328 ވޯޓު (42.49 އިންސައްތަ) އެވެ.

މި ކާމިޔާބީއާ ގުޅިގެން ޕީއެންސީން ވަނީ ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުންނަށާއި އެ ދާއިރާގެ ރައްޔިތުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ކުލަގަދަ ޙަފްލާއެއް ބާއްވާފައެވެ. ރައީސް ޑރ. މުޢިއްޒުގެ ދެކަނބަލުންވެސް ބައިވެރިވެ ވަޑައިގެންނެވި މި ޙަފްލާގައިވަނީ ހަވާވެސް އަރުވާފައެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު މި ނަތީޖާއިން ހާމަވާ ކަމަށް އެ ޕާޓީން ބުނެއެވެ. 18 އަހަރަށް ފަހު މި ދާއިރާގެ ސިޔާސީ މިސްރާބު ބަދަލުވުމަކީ، ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި