Sunday, 8 November 2026
Ads by

ހިޔާނާތާއި މަނީލޯންޑަރިންގެ ދައުވާކޮށް ބައްސާމްގެ މައްސަލަ ކޯޓަށް

ހިޔާނާތާއި މަނީލޯންޑަރިންގެ ދައުވާކޮށް ބައްސާމްގެ މައްސަލަ ކޯޓަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ އުފުލައިފިއެވެ.

Ad Image
Ads by

މި ދައުވާ ކޮށްފައިވަނީ އެފްއޭއެމް އަށް ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން ފޮނުވި 10،000 ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުންކޮށްފައިވާތީއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ޑޮލަރު ގަތުމުގެ މުޢާމަލާތެއްގެ ކަމަށް ބުނެ އެފްއޭއެމްގެ އެކައުންޓުން 10،004 ޑޮލަރު ބައްސާމްގެ އަމިއްލަ ބޭންކް އޮފް މޯލްޑިވްސް އެކައުންޓަށް ޖަމާކުރަން ހުށަހަޅައި، ބޭންކު ޗާޖުގެ ގޮތުގައި ފަސް ޑޮލަރު ކެނޑުމަށް ފަހު ޖުމުލަ 9،999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.

މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މީގެ އިތުރުން ބައްސާމްގެ މައްޗަށް އުފުލާފައިވާ ދެވަނަ ދަޢުވާ އަކޯ ފީފާއިން ދިން ފައިސާ ލޯންޑަރކުރިކަމުގެ ދައުވާއެވެ. މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން؛ ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
big_NJrEImHlrbsoy1YUi0K80GoxO
ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
big_SP4z4IpTcEiXcm5ihCjCh7gIf
ފެންފުއްޓާ ފަރަށް އެރި 'ދެރަހަ' ބޯޓުން 10 މީހުން ސަލާމަތްކޮށްފި
Shahid 232
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ހައްޔަރުކުރި ޝާހިދު އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕުން ބޭރުކޮށްފި
ndnuj
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި
Ads by
މަގުބޫލު
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި