Saturday, 24 October 2026
Ads by

އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސް މުޢިއްޒު ރަސްދޫއަށް!

އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސް މުޢިއްޒު ރަސްދޫއަށް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އއ. ރަސްދޫގައި..

މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް ލިބުނު ކާމިޔާބީއާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އއ. ރަސްދޫއަށް ވަޑައިގެންފިއެވެ.

Ad Image
Ads by

ރައީސްގެ މި ދަތުރުފުޅަކީ، ކައުންސިލް އިންތިހާބަށް ފަހު އެމަނިކުފާނު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރައީސް މުޢިއްޒު ރަސްދޫއަށް ވަޑައިގަތުމާއިއެކު އެ ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ ގިނަ ވަޒީރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ރަސްދޫއަކީ އިދިކޮޅު އެމްޑީޕީއަށް ތާއީދު ބޮޑު ރަށެއްގެ ގޮތުގައި މީގެކުރިން ފާހަގަކުރެވިގެން ގޮސްފައިވާ ރަށެކެވެ. ނަމަވެސް މި ފަހުން ބޭއްވުނު އިންތިހާބުގައި ޕީއެންސީން ވަނީ އެ ރަށުގެ ހުރިހާ ގޮނޑިތަކެއް ހެން ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ. އެގޮތުން ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީއެންސީ ކެންޑިޑޭޓުން ކާމިޔާބުކޮށްފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ.

މިކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ވަނީ ހަވާވެސް އަރުވާފައެވެ.

މީގެ އިތުރުން، އިންތިހާބަކާއި ހަމައަށް ދިއުމެއް ނެތި ގިނަ ގޮނޑިތަކެއް ޕީއެންސީއަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި