މާލޭގެ މ. މައިމަގުމަތީގޭ ސަރަޙައްދުގައި ހުރި ހުސް ބިމެއްގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އިން އެ ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އަލިފާން ރޯވެފައި ވަނީ އެ ގޭގެ ހުސް ބިމެއްގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައެވެ. ނަމަވެސް، މި އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ސިފައިން މިހާރު ދަނީ އަލިފާންގަނޑު އެއްކޮށް ނިއްވާލައި، އެ ސަރަޙައްދު ރައްކާތެރިކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ.












