Sunday, 27 September 2026
Ads by

ޕީއެންސީ ހިންގުމަށް ވަގުތު ނުދެވޭތީ ޕާޓީގެ އެސްޖީކަމުން މުއާޒް އިސްތިއުފާ ދީފި

ޕީއެންސީ ހިންގުމަށް ވަގުތު ނުދެވޭތީ ޕާޓީގެ އެސްޖީކަމުން މުއާޒް އިސްތިއުފާ ދީފި

މުއާޒް ހަލީމް---

ކޮންގްރެސް ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން މުއާޒް ހަލީމް އިސްތިއުފާ ދެއްވައިފިއެވެ.

Ad Image
Ads by

މަގާމުން އިސްތިއުފާދެއްވިކަން ޔަގީންކޮށްދެއްވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މުއާޒް ވިދާޅުވީ، ކޮންގްރެސް ޕާޓީގެ ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ހާސިލުކުރެވޭ ޕާޓީއަކަށް އެ ޕާޓީ ހެއްދެވުމަށް އެ ޕާޓީގެ ރައީސް، އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ބޭނުންވާ ކަމަށެވެ.

އެހެންކަމުން، ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާތީ މިއަދުން ފެށިގެން ކޮންގްރެސް ޕާޓީގެ ސެކެޓްރީ ޖެނެރަލްކަމުގެ މަގާމުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ.

ކޮންގްރެސް ޕާޓީގެ ސެކެޓްރީ ޖެނެރަލްކަމުގެ މަގާމުން މުއާޒް އިސްތިއުފާދެއްވާފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ނަތީޖާއަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ސަރުކާރު ހިންގެވުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންނެވެ. އޭގެ ތެރޭގައި ބައެއް މިނިސްޓްރީތައް އުވާލައްވައި ކެބިނެޓް މިނިސްޓަރުން ވަނީ ބަދަލުކުރައްވައިފައެވެ.

މީގެ އިތުރުން ވެސް ޕާޓީގެ ހިންގުން ހަރުދަނާ ކުރެވޭނެ ގޮތްތައް ބަލައި، ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް އެމަނިކުފާނު އަންނަނީ ކުރައްވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި