Wednesday, 9 September 2026
Ads by

ސިޔާސީ ވަޒީފާތަކަކީ ލިބޭ ހަދިޔާއެއް ނޫން، މަސައްކަތުގެ ފެންވަރު ދަށްނަމަ ޖެހޭނީ ވަކިވާން: ސްޕޯކްސް ޕަރސަން

ސިޔާސީ ވަޒީފާތަކަކީ ލިބޭ ހަދިޔާއެއް ނޫން، މަސައްކަތުގެ ފެންވަރު ދަށްނަމަ ޖެހޭނީ ވަކިވާން: ސްޕޯކްސް ޕަރސަން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް--- ފޮޓޯ: ޕީއެސްއެމް

ސަރުކާރުގެ ސިޔާސީ މަގާމުތަކަކީ ހަދިޔާއެއްގެ ގޮތުގައި ދެވޭ އެއްޗެއް ނޫން ކަމަށާއި، މަސައްކަތުގެ ފެންވަރު ދަށްނަމަ އެ މަގާމުތަކުން ޖެހޭނީ ވަކިވާންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ދައުލަތުގެ މީޑިއާގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސިޔާސީ މަގާމުތަކަކީ ވަކި ސިޔާސީ ފިކުރެއްގެ ތެރެއިން ދެވޭ މަގާމުތަކެއް ކަމަށާއި، އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް ވަފާތެރިކަމާއެކު، އިތުބާރު ހުރި ގޮތެއްގައި މަސައްކަތްކޮށްދެއްވުން ކަމަށެވެ.

ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ފަރާތުން ފެންނަންޖެހޭ އިތުބާރަކީ ނުހަނު މުހިންމު ކަމެއްކަން ފާހަގަކުރައްވައި، މުންދު ވިދާޅުވީ، އެ މަގާމުތަކަކީ ހަދިޔާއެއްގެ ގޮތުގައި ލިބޭ އެއްޗެއް ނޫން ކަމަށެވެ. މަގާމުގެ ހުވާކޮށް، އައްޔަންކުރި ކަމުގެ ލިޔުން ލިބުނު ކަމުގައި ވިޔަސް، އެ ބޭފުޅުންނަށް މުސާރަ ދެނީ ރައްޔިތުންގެ ފައިސާއިން ކަމަށްވާތީ، އެ ބޭފުޅުން ވާނީ ރައްޔިތުންގެ ހާދިމުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކަން މިހެން އޮތްއިރު މަސައްކަތުގެ ފެންވަރު ނުދެއްކިގެން މަގާމުން ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަމާ މެދު ޝަކުވާ ކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ވެސް މުންދު ވަނީ ވިދާޅުވެފައެވެ.

”އަޅުގަނޑު ހިމެނޭ ގޮތަށް އަޅުގަނޑުމެން އެއްވެސް މީހަކަށް ލިބޭ ހަދިޔާއެއް ނޫން މިއީކީ، އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުގެ ވަޒީފާއަކީ އަޅުގަނޑަށް ސިޔާސީ ގޮތުން އަޅުގަނޑުގެ ޕާޓީއަށް ވަފާތެރިވީތީ އަޅުގަނޑަށް ލިބިފައިވާ ހަދިޔާއެއް ކަމަކަށް، ޕާފޯމަންސް ނުދެއްކޭ ކަމަށް ވެއްޖިއްޔާ އަޅުގަނޑު ނުކުމެގެން ދާންޖެހޭ ހާލަތެއް އަންނައިރު އަޅުގަނޑު ޝަކުވާއެއް ކޮށްގެން ނުވާނެ،“ – މުންދު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަކީ ސަރުކާރުން މީގެ އަހަރެއްހައި ދުވަސް ކުރިން ފެށިގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ މިހާރު ވެސް އެ މަސައްކަތް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

މުންދު އިތުރަށް ވިދާޅުވީ، މިއީ ވަކި އަދަދަކަށް މުވައްޒަފުން މަދުކުރުމަށް ނުވަތަ ހަމައެކަނި މާލީ ވިސްނުމެއްގައި ކުރާކަމެއްނޫން ކަމަށާއި، މިއީ ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ދެނެގަތުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ތެރެއިން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ. އެގޮތުން ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކާއި އިދާރާތަކެއްގައި ވެސް އެ މަސައްކަތް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި