Saturday, 24 October 2026
Ads by

ހަވީރު 4 ޖެހުމާއިއެކު ވޯޓު ފޮށިތައް ބަންދުކޮށްފި

ހަވީރު 4 ޖެހުމާއިއެކު ވޯޓު ފޮށިތައް ބަންދުކޮށްފި

ވޯޓުލާ ވަގުތު ހަމަވުމުން ވޯޓު ފޮށި ބަންދުކޮށްފައި---

މިއަދު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރު ބުރުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމާއެކު ވޯޓުލާ ހުރިހާ މަރުކަޒުތަކެއް ބަންދުކޮށްފިއެވެ.

Ad Image
Ads by

އިލެކްޝަންސް ކޮމިޝަނުން ވަނީ 16:00 ޖެހުމާއިއެކު ވޯޓު ފޮށިތައް ބަންދުކޮށްފައެވެ. ބައެއް ވޯޓު ފޮށިތަކުގެ ވޯޓުލުން ފެށުން ލަސްވި ނަމަވެސް އެއްވެސް ފޮއްޓެއްގެ ވޯޓުލާ ވަގުތު އެ ކޮމިޝަނުން އިތުރުކޮށްދީފައެއް ނުވެއެވެ. އިންތިހާބުގެ ވޯޓު ގުނަން ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ ވޯޓު ފޮއްޓެއް ވެސް ބަންދުކުރާތާ 30 މިނެޓް ފަހުންކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.

މި އިންތިހާބުގެ އިތުރު ބުރުގައި ފަސް ރަށެއްގެ ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން ހޮވުމަށް ވޯޓުލުމަށް ވަނީ ހަމަޖެހިފައެވެ.

އެ ފަސް ރަށަކީ:

  • ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު
  • ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު (މިއީ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއެއް)
  • ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ މަޤާމަށް މެންބަރަކު
  • ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރަކު
  • ލ. މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރަކު

މި އިންތިހާބުގެ އިތުރު ބުރުގައި 14 ވޯޓު ފޮއްޓެއް ވަނީ ބަހައްޓައިފައެވެ. ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ދެވަނަ ބުރަށް ދިޔަ ރަށްތަކާއި މާލޭ ސިޓީގައެވެ. އެގޮތުން، ކެލާ، މާވަށުގެ އިތުރުން ފުވައްމުލައް ސިޓީ ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި ދެ ފޮށި، ނޭކުރެންދޫ އަދި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ވޯޓު ފޮއްޓެއް ވަނީ ބަހައްޓައިފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގައި ޖުމުލަ 6،093 މީހަކު ރަޖިސްޓްރީވެފައިވެއެވެ. އެގޮތުން، ކެލާ އިންތިހާބުގައި 1،729 މީހުންނަށް، ނޭކުރެންދޫ އިންތިހާބުގައި 1،056 މީހުންނަށް، ދޮންފަނު އިންތިހާބުގައި 441 މީހުންނަށް، މާވަށު އިންތިހާބުގައި 1،556 މީހުންނަށް އަދި ފުވައްމުލައް ސިޓީ ދަޑިމަގު އަވަށުގެ އިންތިހާބުގައި 1،311 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

‎މި ދާއިރާތަކަށް ހާއްސަކޮށް މާލޭ ސިޓީގައި ހަ ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. އެގޮތުން ކެލާ އަދި ދޮންފަނުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮށްފައިވާ ފޮށިތައް ބަހައްޓާފައިވަނީ ތާޖުއްދީން ސްކޫލުގައެވެ. ނޭކުރެންދޫ އަދި މާވަށުގެ ވޯޓުފޮށިތައް ހިރިޔާ ސްކޫލުގައި ބަހައްޓާފައިވާއިރު ފުވައްމުލައް ސިޓީ ދަޑިމަގު އަވަށުގެ ވޯޓުފޮށި ބަހައްޓާފައިވަނީ ދަރުމަވަންތަ ސްކޫލުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި