Saturday, 24 October 2026
Ads by

ކެންދޫ ކައުންސިލް ރައީސްގެ ސައިކަލު ކަނޑު ފައްތައިފި

ކެންދޫ ކައުންސިލް ރައީސްގެ ސައިކަލު ކަނޑު ފައްތައިފި

ކެންދޫ ކައުންސިލް ރައީސްގެ ސައިކަލު ކަނޑުފައްތާފައި---

ބ. ކެންދޫ ކައުންސިލް ރައީސް އިބްރާހިމް ޢަބްދުއްރަޙްމާންގެ ސައިކަލު ކަނޑު ފައްތައިފިއެވެ.

Ad Image
Ads by

މި މައްސަލައާއި ގުޅިގެން އިބްރާހިމް ވިދާޅުވެފައިވަނީ މިކަން ހިނގާފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގައި ކަމަށެވެ. ސައިކަލު ކަނޑު ފެއްތީ ސީދާކޮން ބައެއްކަން އެނގޭ ކަމަށާއި އެ މީހުން އެކަންކުރީ ސިޔާސީ ބޭނުމެއްގައިކަމަށް އިބްރާހިމް ވަނީ ވިދާޅުވެފައެވެ. އޭނާ މިހާރު ވަނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި އޭނާގެ ސައިކަލު ގެއްލިގެން ރަށުތެރޭގެ އެކި ތަންތަން ބެލުނު ކަމަށާއި ނަމަވެސް ރަށުތެރޭގެ އެއްވެސް ތަނަކުން ސައިކަލު ފެންނަން ނެތުމުން ރަށުން ބޭރު ބަލަން ފެށި ކަމަށެވެ. ވަގަށް ނަގައިގެންގޮސް ސައިކަލް ކަނޑު ފައްތާފައި އޮއްވާ ފެނުނީ އުރަފަށުން ބޭރުގައިކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.

އިބްރާހިމް ވިދާޅުވީ މިކަމީ ސިޔާސީ ބޭނުމެއް ފުއްދުމުގެ ގޮތުން އޭނާއާއި ސިޔާސީ ގޮތުން ދެކޮޅު ބަޔަކު ކޮށްފައިވާ ކަމެކެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ބ. ކެންދޫ ގެއެއްގެ ކައިރީ ބަހައްޓާފައި ހުރި ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައެއް މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:30 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ރިޕޯޓާއި ގުޅިގެން ސައިކަލު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ސައިކަލު ފެނިފައި ވަނީ ކެންދޫ ފަޅުތެރެއިންކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ އިތުރަށް ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި