Sunday, 26 July 2026
Ads by

2 ގަޑިއިރު ތެރޭގައި 1،273 މީހުން ވޯޓުލައިފި

2 ގަޑިއިރު ތެރޭގައި 1،273 މީހުން ވޯޓުލައިފި

ވޯޓުލުން ކުރިއަށްދަނީ--- ފޮޓޯ: ޕީއެސްއެމް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރު ބުރުގެ ވޯޓުގައި ވޭތުވެދިޔަ ދެ ގަޑިއިރެއްހާއިރުގެ ތެރޭގައި 1،200 އަށްވުރެ ގިނަ މީހުން ވޯޓުލައިފިއެވެ.

Ad Image
Ads by

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަދު ހެނދުނު 08:00 އިން ފެށިގެން 10:00 އާއި ހަމައަށް، ދެ ގަޑިއިރުގެ ތެރޭގައި 20.89 އިންސައްތަ މީހުން ވަނީ ވޯޓުލައިފައެވެ. އެއީ 1،273 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މައުލޫމާތު ދީފައެވެ. އޭގެތެރޭގައި ހިމެނެނީ، 543 އަންހެނުންނާއި 730 ފިރިހެނުންނެވެ.

މި އިންތިހާބުގެ އިތުރު ބުރުގައި ފަސް ރަށެއްގެ ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން ހޮވުމަށް ވޯޓުލުމަށް ވަނީ ހަމަޖެހިފައެވެ.

އެ ފަސް ރަށަކީ:

  • ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު
  • ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު (މިއީ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއެއް)
  • ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ މަޤާމަށް މެންބަރަކު
  • ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރަކު
  • ލ. މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރަކު

މި އިންތިހާބުގެ އިތުރު ބުރުގައި 14 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ދެވަނަ ބުރަށް ދިޔަ ރަށްތަކާއި މާލޭ ސިޓީގައެވެ. އެގޮތުން، ކެލާ، މާވަށުގެ އިތުރުން ފުވައްމުލައް ސިޓީ ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި ދެ ފޮށި، ނޭކުރެންދޫ އަދި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގައި ޖުމުލަ 6،093 މީހަކު ވަނީ ރަޖިސްޓްރީވެފައެވެ. އެގޮތުން، ކެލާ އިންތިހާބުގައި 1،729 މީހުންނަށް، ނޭކުރެންދޫ އިންތިހާބުގައި 1،056 މީހުންނަށް، ދޮންފަނު އިންތިހާބުގައި 441 މީހުންނަށް، މާވަށު އިންތިހާބުގައި 1،556 މީހުންނަށް އަދި ފުވައްމުލައް ސިޓީ ދަޑިމަގު އަވަށުގެ އިންތިހާބުގައި 1،311 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

‎މި ދާއިރާތަކަށް ހާއްސަކޮށް މާލޭ ސިޓީގައި ހަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކެލާ އަދި ދޮންފަނުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮށްފައިވާ ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ތާޖުއްދީން ސްކޫލުގައެވެ. ނޭކުރެންދޫ އަދި މާވަށުގެ ވޯޓުފޮށިތައް ހިރިޔާ ސްކޫލުގައި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު ފުވައްމުލައް ސިޓީ ދަޑިމަގު އަވަށުގެ ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ސްކޫލުގައެވެ.

ކައުންސިލް އިންތިހާބުގެ އިތުރު ބުރުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި