ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަ ޢަދަދަށް ބަލައި މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރިން ގެނެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ކޯޑިންގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށްދިއުމަށް ބޭނުންވާ ހުނަރުތައް ތަރައްޤީކޮދީ، ފުރުސަތުތަށް ތަނަސްވަސްކޮށްދިނުމުގެ ހާއްސަ ޕްލޭން އިފްތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު “ޔޫތު ހެކަތަން” ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅު ދައްކަވަމުންނެވެ.
ފައިސަލް ވިދާޅުވީ ކުރިން އަމާޒަކީ 2 މިލިއަން ޓޫރިސްޓުން ކަމަށެވެ. ނަމަވެސް ރާއްޖެ މާކެޓް ކުރަން މިހާރު އެމްއެމްޕީއާރުސީއާއެކީ ކުރެވެމުން އަންނަ މަސައްކަތާއިއެކީ އެ އަދަދު 2.3 މިލިއަނަށް މަތިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ޗައިނާ އަދި އިންޑިއަން މާކެޓު އެ ހުރިވަރުގައި ހިފެހެއްޓިއްޖެކަމަށްވާ ނަމަ އަޅުގަނޑަށް ފެނޭ ގާތްގަނޑަކަށް ޓޫރިސްޓު އެރައިވަލް މި އަހަރު ނިންމާލެވިދާނެ ކަމަށް 2.3 މިލިއަންގައި
– ފައިސަލް
ފައިސަލް އިތުރަށް ވިދާޅުވީ، ކޯޑިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުނަރާ ޤާބިލްކަން ޒުވާނުންގެ އެބަހުރިކަމަށާއި، އެކަމަށް މީގެ ކުރިން މަސައްކަތްތަކެއް ކުރެވިފައި ނެތުމަކީ މި މަސައްކަތައް ޝައުގުވެރިކަން ހުރި ފަރާތްތަކުން މިދާއިރާއިން ކުރިއަށް ދިއުމަށް ދިމާވި ދަތިކަމަށެވެ.
އަދި މީގެ އތުރުން ޒުވާނުންގެ ކުރިއެރުމަށާއި، ޒުވާނުން ވިޔަފާރީގެ ދާއިރާތަކަށް ވެއްދުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށްވެސް މިނިސްޓަރ ފައިސަލް ވިދާޅުވިއެވެ.
ސަރުކާރުގެ ފުރަތަމަ ސާދަ ހަފްތާގައި ކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ތެރޭގައި ޒުވާނުން ބާރުވެރިކުރުމަށް ގިނަކަންތައްތަކެއް ވަނީ ހިމަނުއްވާފައެވެ.