Wednesday, 9 September 2026
Ads by

ހުޅުމާލެ ފޭސް 2ގައި ބިނާކުރާ 2 މިސްކިތުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް

ހުޅުމާލެ ފޭސް 2ގައި ބިނާކުރާ 2 މިސްކިތުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރަމުން އަންނަ މިސްކިތެއް--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރާ ދެ މިސްކިތެއްގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުގައި ބިނާކުރެވޭ މިސްކިތްތަކަށް އަލިއަޅުވާލަމުން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، ހުޅުމާލެ ވިނަރެސް ފުލެޓު ސަރަހައްދުގައި ބިނާކުރާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި މިސްކިތަކީ ޖުމުލަ 1،095 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ޖާގައިގެ މިސްކިތެކެވެ.

މީގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ފުލެޓު ސަރަހައްދުގައި ވެސް ދަނީ މިސްކިތެއް ބިނާކުރަމުންނެވެ. އެގޮތުން މި މިސްކިތުގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މިއީ ޖުމުލަ 1،800 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ޖާގައިގެ މިސްކިތެކެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އިސްލާމީ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. އެގޮތުން މިސްކިތް ބިނާކުރުމަށް ބަލައިލާއިރު މިދިޔަ 2025 ވަނަ އަހަރު އެކަނިވެސް 74 މިސްކިތާއި، ހަތް އިސްލާމީ މަރުކަޒާއި، ތިން ޤުރްއާން މަރުކަޒުގެ އިތުރުން ހަ ވަޤުފު ބިނާއާއެކު، މުޅިއެކު 90 މަޝްރޫއުގެ މަސައްކަތްތައް ވަނީ އެއްކޮށް ނިންމާލައިފައެވެ.

މި އަހަރުގެ މިހާތަނަށް ވެސް 15 އަށްވުރެ ގިނަ މިސްކިތްތަކުގެ މަސައްކަތް ނިންމައި ހުޅުވާފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި