Wednesday, 9 September 2026
Ads by

އައްބާސްގެ ތުހުމަތުތައް އާރުޑީސީން ދޮގުކުރުން: އާރުޑީސީގެ އެއްވެސް މުވައްޒަފަކު ގަސްދުގައި މަޝްރޫޢުތައް ލަސްނުކުރާނެ

އައްބާސްގެ ތުހުމަތުތައް އާރުޑީސީން ދޮގުކުރުން: އާރުޑީސީގެ އެއްވެސް މުވައްޒަފަކު ގަސްދުގައި މަޝްރޫޢުތައް ލަސްނުކުރާނެ

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް... ފޮޓޯ / މަޖްލިސް

ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ވަކިކޮށް، ޚާއްސަކޮށް މަގުހަދާ ކުންފުނި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ހުރިހާ މުވައްޒަފުން ވަކިކޮށް، ކުންފުނިތަކުގެ ވެރިންވެސް ވަކިކޮށް ހުރިހާ ކުންފުނިތައް ރިފޯމްކުރަން ރައްޔިތުންގެ މަޖްލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވާލައްވާފައިވެއެވެ.

Ad Image
Ads by

އައްބާސް ވަނީ ކުންފުނިތަކުގެ ވެރިންނަކީ ދަޢުލަތަށް ޣައްދާރުވެފައިތިބި ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ޚާއްޞަގޮތެއްގައި އާރުޑީސީއަށް ގިނަ ތުހުމަތުތަކެއްކުރައްވާ އެތަނުގެ ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށްވެސް އައްބާސް ވަނީ ގޮވާލައްވާފައެވެ.

އައްބާސްގެ މި ތުހުމަތުތަކާއި، ގުޅިގެން ”އެކިއެމްވީ“ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާރުޑީސީގެ މީޑިއާ އޮފިޝަލް އަހުމަދު ފައިރޫޒް ވިދާޅުވީ އާރުޑީސީގެ އެއްވެސް މުވައްޒަފަކު، ސަރުކާރުގެ އެއްވެސް މަޝްރޫޢުއެއްގެ މަސައްކަތް ލަސްކުރުމަށް ގަސްތުގައި އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

”ކޮންމެ ބޭފުޅަކު ތުހުމަތު ކުރެއްވި ކަމުގައި ވިޔަސް އާރުޑީސީގެ އެއްވެސް މުވައްޒަފެއް، އެއްވެސް ރަށެއްގައި އެއްވެސް ސައިޓެއްގައި ވެސް މަސައްކަތް ކުަރާ މުވައްޒަފެއް، އެއްވެސް މަޝްރޫޢުއެއްގެ މަސައްކަތް ލަސްކުރުމަށް ގަސްތުގައި އެއްވެސް ކަމެއް ނުކުރާނެ“ ފައިރޫޒް ވިދާޅުވިއެވެ.

އައްބާސް މަޖްލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިމިދިޔަ އެމްޑީޕީ ސަރުކާރާއި، ހިނގަމުންމިދާ ޕީއެންސީ ސަރުކާރު ހިމަނައިގެން ފާއިތުވެދިޔަ 7 އަހަރުގެ ތެރޭގައި އައްބާސްގެ އުފަން ރަށް ވެލިދޫގެ މަގުތައް ހަދާ ނުނިމޭ މައްސަލައެވެ. މިކަމަށް ޢިޝާރާތް ކުރައްވާ އައްބާސް ވަނީ އެއީ ދަޢުލަތުން ކުރާ އިސްރާފެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ފައިރޫޒް ވިދާޅުވީ ނ. ވެލިދޫ ވިޔަސް އެހެން ރަށެއްގައި ވިޔަސް ކުރިއަށް ގެންދާ އެއްވެސް މަޝްރޫޢުއެއް ގަސްތުގައި ލަސްކުރުމަށް އެ ކޯޕަރޭޝަނުގެ އެއްވެސް މުވައްޒަފެއް މަސައްކަތް ނުކުރާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި