Wednesday, 9 September 2026
Ads by

ސިޓީސް މިނިސްޓްރީ އުވާލިޔަސް ޤާނޫނީ ހުސްކަމެއް ނެތް: އެލްޖީއޭ

ސިޓީސް މިނިސްޓްރީ އުވާލިޔަސް ޤާނޫނީ ހުސްކަމެއް ނެތް: އެލްޖީއޭ

އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް--- ފޮޓޯ: އެލްޖީއޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކާއިއެކު ސިޓީސް މިނިސްޓްރީ އުވާލި ނަމަވެސް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ޤާނޫނީ އެއްވެސް ހުސްކަމެއް ނާންނާނެކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެލްޖީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިޓީސް މިނިސްޓްރީއާއި އަތޮޅު ކައުންސިލްތައް އުވާލުމުގެ ސަބަބުން އިދާރީ ދާއިރާތައް ހިންގުމަށް ގާނޫނީ ހުސްކަމެއް ކުރިމަތިވެދާނެކަމަށް ބުނެ މީސް މީޑިއާގެ އެކި މަންސަތަކުގައި ބައެއް ފަރާތްތަކުން ދޮގު ހަބަރުތައް ފަތުރަމުންދާ ކަމަށެވެ.

އެލްޖީއޭއިން ނެރުނު ބަޔާނުގައި ބުނީ، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ފޯރުކޮށްދޭން ޖެހޭނެކަމަށް، ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ހިދުމަތްތަކައް ދޭން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ އެ އޮތޯރިޓީއަށް ގާނޫނުން ލާޒިމްކޮށްފައިވާކަމެއް ކަމަށެވެ. އަތޮޅު ކައުންސިލްތައް އުވާލުމަށް، ލާމަޒުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން އަތޮޅު ކައުންސިލްތައް އުވާލުމާއިއެކު އެ ކައުންސިލްތަކުގެ ދަށުގައި ހުރި ހުރިހާ މުދަލާއި ވަސީލަތްތައް އެލްޖީއޭގެ ދަށަށް ބަދަލުކޮށްފައިވާކަން ވެސް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.

އެލްޖީއޭއިން ބުނީ، އަތޮޅު ކައުންސިލްތައް އުވާލި ދާއިރާތަކުގައި އެލްޖީއޭގެ އޮފީސްތަކެއް ގާއިމްކުރަން އެ އިސްލާހުން އިހުތިޔާރު ދީފައިވާ ކަމަށެވެ. ކަން މިހެން ހުރުމާއެކު އަތޮޅު ކައުންސިލްތަކާއި ސިޓީސް މިނިސްޓްރީ އުވާލި ނަމަވެސް އެލްޖީއޭއަށް ހުސްކަމެއް އަންނާނެ ކަމަށް ނުދެކޭކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ސިޓީސް މިނިސްޓްރީގެ ނަމުގައި އާ މިނިސްޓްރީއެއް އުފެއްދެވުމުގެ ކުރިން، އެލްޖީއޭއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވާ މިނިސްޓަރަކީ ހޯމް މިނިސްޓަރެވެ. ނަމަވެސް ސިޓީސް މިނިސްޓްރީ އުފެއްދުމަށް ފަހު އެ މެންޑޭޓް ބަދަލުކުރެއްވީ އެ މިނިސްޓްރީގެ ދަށަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި