Sunday, 26 July 2026
Ads by

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް އޮފިޝަލުން ހޯދަން އިއުލާނުކޮށްފި

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް އޮފިޝަލުން ހޯދަން އިއުލާނުކޮށްފި

ވޯޓުލާ މަރުކަޒުގެ މަސައްކަތްތައް ކުރިއަށްދަނީ--- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

މިހާރު ހުސްވެފައި ހުރި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.

Ad Image
Ads by

އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެ ކޮމިޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އޮފިޝަލަކަށްވުމަށް އެދި ހުށަހެޅޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އޮފިޝަލުންނަށް އުޖޫރައެއް ދިނުމަށް ވެސް ނިންމައިފައެވެ. އެގޮތުން ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 2،200 ރުފިޔާގެ އުޖޫރައެއް ދިނުމަށް ނިންމާފައިވާއިރު ވެރިޔާގެ އެހީތެރިންނަށް 1،900 ރުފިޔާ، އޮފިޝަލުންނަށް 1،800 ރުފިޔާ، އަދި ރިޒާވް އޮފިޝަލުންނަށް 1،000 ރުފިޔާގެ އުޖޫރައެއް ދިނުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އޮފިޝަލަކަށްވުމަށް އެދި ހުށައަޅާއިރު އެ ފަރާތެއްގެ ހުންނަންޖެހޭ ޝަރުތުތައް ވެސް އީސީއިން ވަނީ ކަނޑައަޅައިފައެވެ. އެގޮތުން ހުންނަންޖެހޭ ޝަރުތުތަކަކީ:

  • 18 އަހަރު ފުރިފައިވުން.
  • ސިޔާސީ ޕާޓީއެއްގެ އިސްމަގާމެއް އަދާކުރާ މީހަކަށް ނުވުން.
  • އެއްވެސް ކެންޑިޑޭޓެއްގެ ސިޔާސީ ކެންޕޭނު ހަރަކާތެއްގައި ބައިވެރިވާ މީހަކަށް ނުވުން.
  • އިންތިހާބުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ އާއިލާ މީހަކަށް ނުވުން.
  • ކެނޑިޑޭޓެއްގެ މަންދޫބެއް، އޮބުޒާވަރެއް އަދި މޮނިޓަރެއް ކަމުގައި ނުވުން.
  • ޖިނާއި ކުށެއްގެ ހުކުމެއް ތަންފީޒުކުރާ މީހެއް ކަމުގައި ނުވުން.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އޮފިޝަލުން ތަމްރީނުކުރުމަށް ބާއްވާ ޕްރޮގްރާމް އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ވަނަ ދުވަހަށް ކުރިއަށްދާނެ ކަމަށެވެ. އޮފިޝަލަކަށްވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މެއި މަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި