Wednesday, 9 September 2026
Ads by

ބީއެމްއެލްގެ ނަމުގައި ސްކޭމްތައް ހިންގާ މިންވަރު އިތުރުވަނީ، ސަމާލުވާން އެދިއްޖެ

ބީއެމްއެލްގެ ނަމުގައި ސްކޭމްތައް ހިންގާ މިންވަރު އިތުރުވަނީ، ސަމާލުވާން އެދިއްޖެ

ޝަހީދު ޙުސައިން އާދަމް ބިލްޑިންގ--- ފޮޓޯ: އެކި އެމްވީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާތީ އެކަމަށް ސަމާލުވާން އެދިއްޖެއެވެ.

Ad Image
Ads by

މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ފޭސްބުކުގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ބީއެމްއެލްގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައި، އޮޅުވާލައިގެން މީހުންގެ ބޭންކިންގް މައުލޫމާތު ހޯދުމަށް އާ އުކުޅުތަކެއް ބޭނުންކުރަމުންދާ ކަމަށެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ސްކޭމް ހިންގާ ފަރާތްތަކުން އާންމުންނަށް ގުޅަމުންދަނީ އޮޅުވާލައިގެން ބީއެމްއެލްގެ މުވައްޒަފުނަށް ވެގެންނެވެ. ފުލުހުން ބުނީ، އާންމުންގެ އިތުބާރު ހޯދުމުގެ ގޮތުން އިނގިރޭސި ބަހުން ފަރިތަކަމާއިއެކު ސްކޭމްކުރާ ފަރާތްތަކުން ވާހަކަދައްކާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، ބޭންކުގެ ރަސްމީ އީމެއިލް އެޑްރެސްތަކާ ވައްތަރު ގޮތްގޮތަށް ހުންނަ ޖީމެއިލް އެކައުންޓްތައް ބޭނުންކޮށްގެން ސްކޭމްކުރާ ފަރާތްތަކުން މުއާމަލާތްކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިފަދަ ސްކޭމްތައް ހިންގާ ފަރާތްތަކުން ބޭނުންކުރާ ބައެއް އުކުޅުތަކަކީ:

  • އެކައުންޓަށް މައްސަލައެއް ދިމާވެފައިވާ ކަމަށް ބުނުން.
  • ވަރަށް އަވަހަށް މައުލޫމާތު ”ވެރިފައި“ ކުރަންޖެހޭ ކަމަށް ބުނެ ބިރުދެއްކުން.
  • މައުލޫމާތު ނުދީފިނަމަ އެކައުންޓް ބްލޮކްވާނެ ކަމަށް ބުނެ އަވަސްއަރުވާލައިގެން ކަންކަން ކުރުވަން އުޅުން.

މި މައްސަލައާ ގުޅިގެން ބޭންކުތަކުން އެއްވެސް ހާލަތެއްގައި ޖީމެއިލް މެދުވެރިކޮށް މުއާމަލާތް ނުކުރާނެ ކަމަށާއި، އަދި އޯޓީޕީ ނުވަތަ އެކައުންޓުގެ ޕިން ނަންބަރު ފަދަ ސިއްރު މައުލޫމާތު ހޯދުމަށް ނުގުޅާނެކަން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ ހަނދާންކޮށްދީފައެވެ. މީގެ އިތުރުން މީހަކު އިނގިރޭސިބަހުން ވާހަކަދެއްކުމަކީ ބޭންކުގެ ރަސްމީ މުވައްޒަފެއްކަން ކަށަވަރުވާނެ ކަމެއްނޫން ކަމަށް ވެސް ފުލުހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް:

  • ޝައްކުކުރެވޭ ފޯނު ކޯލެއް އަތުވެއްޖެނަމަ ވަގުތުން ފޯނު ކަނޑާލުން.
  • އެއްވެސް މީހަކަށް ބޭންކިންގް މައުލޫމާތު ނުދިނުން.
  • މައުލޫމާތު ސާފުކުރުމަށް ބޭންކުގެ ރަސްމީ ނަންބަރުތަކަށް ގުޅުން.
  • ސްކޭމްގެ މައްސަލަތައް ލަސްނުކޮށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓްކުރުން.

މިފަދަ ކަންކަމުގައި ހޭލުންތެރިވެ، އަމިއްލަ މުދަލާއި ފައިސާ ރައްކާތެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު