ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހަޅަން އުޅޭ މައްސަލަ ކުރިއަށްގެންދިޔުމުގެ ފުރުސަތެއް ޕީޕީއެމް، ޕީއެންސީން ނުދޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އިއްޔަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަލީމް ވިދާޅުވީ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދިޔުން އެ ދެ ޕާޓީން ހުއްޓުވާނެ ކަމަށެވެ.
އެކަމަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. އަޅުގަނޑުމެންގެ ފުރާނަ ދުއްވާލާފައި ރައީސް އަޒުލުކުރަން ޖެހޭނީ
– ސަލީމް
ސަލީމް ވިދާޅުވީ ބައެއް ވަޒީރުންނަށް ރުހުން ނުދިނީ ވަކި ބަޔަކު ރުއްސަންކަމާއި އަދި ފަހަރެއްގައި ވެސް އެއީ އެ ބޭފުޅުން ނާގާބިލު ވެގެން ނިންމި ނިންމުމެއް ނޫން ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
ރައީސް މުއިއްޒު މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅުމަށް 34 މެމްބަރުންގެ ސޮއި ވަނީ ހަމަކޮށްފަ އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 26 މެމްބަރުންގެ ސޮޔެވެ.